ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ، ޤާޟީ އިޙްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައި އެކަން ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އަލްއުސްތާޛު ޢަބްދުﷲ އިޙްސާން ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ގާޒީ އިހްސާން މަގާމުން އިސްތިއުފާ ދެއްވިއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން، ތަހުގީގަށް ހުރަސްއެޅުނަ ނުދިނުމަށާއި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ޖޭއެސްސީން ވަނީ އޮގަސްޓް 19 އިން ފެށިގެން 60 ދުވަހަށް އޭނާ ސަސްޕެންޑްކޮށްފައެވެ.

ބައެއް މީޑިއާތަކުން މި ސަސްޕެންޝަން އެހެން މައްސަލައަކާ ގުޅުވި ނަމަވެސް، އޭނާއާއި އިތުރު ފަރާތްތަކުގެ ބަޔާން ނަގައިގެން ބަލަމުންދާ މައްސަލައިގެ ބާވަތް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު