ރ. ދުވާފަރުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ދޯންޏެއް ބަލައި ފާސްކޮށް 5 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށެވެ.
އަދި މި އޮޕަރޭޝަންގައި، ދޯންޏެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ލިލީމާގެ، މުހައްމަދު ޝައްފާން (29އ)، ރ. ދުވާފަރު / ސައިޑްރިވަރ، އަހުމަދު އާސިމް (38އ)، ރ. ދުވާފަރު / ޗަމްޕާގެ، އަހުމަދު ސާއިފް އަބްދުއްޝުކޫރު (28އ)، ރ. އުނގޫފާރު / ލުނބޯގަސްދޮށުގެ، ސިޔާމް މުހައްމަދު (34އ) އަދި ޅ. ނައިފަރު / ސަބީނާ، މުހައްމަދު ސައީދު (43 އ) އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހުމަދު އާސިމް 10 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައި ވާކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު