އިސްލާމް ދީނުގައި އީމާންކަމާއި ޢަމަލަކީ ވަކިކުރެވޭނެ ދޭއްޗެއް ނޫނެވެ. މާނައަކީ އީމާންކަމާ އެކުގައި ޢަމަލު އައިސްގެން މެނުވީ އީމާންކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ޞައްޙަ ނުވުމެވެ. ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ސުވަރުގޭގެ އަހުލުވެރިންގެ ވާހަކަ ބަޔާން ކުރަށްވާފައިވާއިރު، މުޅިންވެސް އީމާންކަމާ އެކުގައި ޢަމަލުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ.
މާތްالله ވަޙީކުރައްވާފައިވެއެވެ. ﴿ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ.. ﴾{ البقرة: 82} "އަދި އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން، އެއީ ސުވަރުގޭގެ އަހުލުވެރިންނެވެ." އަދިވެސް ވަޙީ ކުރަށްވާފައިވެއެވެ. ﴿ إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا﴾ { الكهف: 107} "ހަމަކަށަވަރުން، އީމާންވެ، ޞާލިޙު ޢަމަލުތައް ކުޅަމީހުންނަށް އެއުރެން ތިބެނިވި ތަނެއްކަމުގައި، ފިރުދައުސޭ ކިއުނު ސުވަރުގެތައް ވެއެވެ."
މި އާޔަތްތަކުގައި ހަމައެކަނި އީމާންކަން ސުވަރުގެ ވަންނާނެ ޢަމަލެއްގެ ގޮތުގައި ބަޔާންކުރައްވާފައެއް ނުވެއެވެ. އޭގެ މާނައަކީ ހަމައެކަނި އީމާންކަން އެމީހާ ސުވަރުގެ ވައްދާކަށް ނުފުދެއެވެ. އެއާއި އެކުގައި ޢަމަލުގެ ވާހަކަ ބަޔާން ކުރަށްވާފައިވެއެވެ. އީމާން ކަމާއި އެކުގައި ޢަމަލު ސުވަރުގެ ވަނުމަށްޓަކައި ލާޒިމްވާކަން މިއާޔަތްތަކުން ދަލީލު ކޮށްދެއެވެ.
އެހެން އާޔަތެއްގައި ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ إِنَّ الْإِنسَانَ لَفِي خُسْرٍ﴾ { العصر: 2} "ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ." ﴿ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ.. ﴾ { العصر: 3} "އީމާންވެ އަދި ޞާލިޙު ހެޔޮޢަމަލުތައް ކުޅަ މީހުން މެނުވީއެވެ." އެހެންވީމާ އެ ހަލާކުން އަދި އެ ޢަޛާބުން ސަލާމަތްވުމަށްޓަކައި އީމާންކަން އެކަނި ނުފުދޭކަން އެނގެއެވެ. އަޅުގަނޑުމެންގެ ހެޔޮޢަމަލުތައް އެއާއި އެކުގައި އެބަ އަންނަން ޖެހެއެވެ.
އަދިވެސް الله ވަޙީ ކުރަށްވާފައިވެއެވެ. ﴿ أَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ جَنَّاتُ الْمَأْوَىٰ نُزُلًا بِمَا كَانُوا يَعْمَلُونَ﴾ { السجدة: 19} "އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަ މީހުން ދަންނާށެވެ! ފަހެ، އެއުރެން ކޮށްއުޅުނު ޢަމަލުތަކަށްޓަކައި، ދެއްވާ ޝަރަފެއްގެ ގޮތުން، އެއުރެންނަށް ދެމިތިބޭނޭ ސުވަރުގެތައް ހުއްޓެވެ." މިއާޔަތުގައިވެސް ޢަމަލުގެ ވާހަކަ ބަޔާން ކުރެއްވިއެވެ. ޢަމަލުގެ ޖަޒާއެއްގެ ގޮތުގައި އެބައިމީހުން އެތަނަށް ވަންނާނެކަން އެންގެވިއެވެ. މާނައަކީ އީމާންކަމުން އެކަނި އެބައިމީހުން ސުވަރުގެ ނުވަންނާނެއެވެ. އީމާންކަމާ އެކުގައި ޢަމަލުތައް އެއާ އެކުގައި އަންނަންޖެހެއެވެ.
މީގެ ޚުލާޞާއަކީ، އީމާންކަން ޞައްޙަވުމަށްޓަކައި އަޅުގަނޑުމެންގެ ޢަމަލުތައް ވެސް އެއާ ދިމާވާން ޖެހުމެވެ. އެހެންވީމާ އަޅުގަނޑުމެން ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ އެއްކައުވަންތަ އިލާހެކޭ ބުނެފައި، އަޅުގަނޑުމެންގެ ޢަމަލުތައް އެއާ ދިމާނުވެއްޖެ ކަމުގައި ވާނަމަ އެ އީމާންކަމުގެ އަސަރު އެހާ ޞައްޙަ އެއްނޫނެވެ.
މިސާލަކަށް ދުނިޔެވީ މިސާލެއް ނަންގަވަމާ ހިންގަވާށެވެ. އަޅުގަނޑުމެންދެކެ ވަރަށް ބޮޑަށް ލޯބިވާކަމަށް ދަޢުވާކުރާ މީހަކު، އަޅުގަނޑުމެންގެ ބޮލުގައި ވަރަށް ބޮޑަށް ބަދުނާމު އަޅުވައި، ދޮގުތުހުމަތެއް އަޅުވައިގެން ވާހަކަފަތުރާ ބައެއްގެ ގާތަށްގޮސް، އެމީހުންނަށް މަރްޙަބާ ކިޔައި، އެމީހުންނަށް ހަދިޔާދީ، އެމީހުންގެ އުފާފާޅުކުރުންތަކުގައި ބައިވެރިވެއްޖެކަމުގައި ވާނަމަ، އެ މީހަކީ އަޅުގަނޑުމެން ދެކެ ލޯބިވާ މީހެއްކަމަށް އަޅުގަނޑުމެން ޤަބޫލުކުރާނަން ހެއްޔެވެ؟ ލޯތްބަކީ ހިތުގައި އޮންނަ އެއްޗެކޭ، ޢަމަލުން އެކަން ނުފެނުނަސް އޯކޭވާނެއޭ ބުނެ، އަޅުގަނޑުމެންނަށް އެ ޢަމަލު ބަލައިގަނެވޭނެ ހެއްޔެވެ؟ މިސާލަކަށް، ތިމަންނަ ވަޒީފާގެ ގޮތުން އެމީހުންނާ އެއްކޮށް އުޅެންޖެހުނީމާ އުޅުނީއޭ ބުންޏަސް އަޅުގަނޑުމެންނަށް އެއީ ވެލިޑް ރީޒަނެއް ހެއްޔެވެ؟ މިއީ ހަމަ އަޅުގަނޑުމެންނަށް ވިސްނާލަން ފަސޭހައަކަށް މިތަނުގައި ގެނައި މިސާލެކެވެ. އެހެންވީމާ ދީނުގެ ކަންކަމުގައިވެސް އަޅުގަނޑުމެންގެ ޢަމަލާ ބަހާ ދިމާވާން ޖެހެއެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފަވެއެވެ. ﴿ قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ ﴾ { آل عمران: 31} "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲއަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަ ވާށެވެ! އޭރުން، ﷲ، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." މާނައަކީ އަޅުގަނޑުމެންގެ ހިތުގައި ﷲ އަށް ލޯތްބާއި އީމާންކަން އޮންނަ ކަމަށް ބުނާނަމަ ޢަމަލުން އެކަން ސާބިތުކޮށްދޭށެވެ. އެހެންވީމާ އަބަދުވެސް ޢަމަލާ ބަހާ ދިމާވާން ޖެހޭކަން އެނގިގެންދެއެވެ. އަދި މިކަމަކީ ކުޑަކަމެއް ކަމުގައި ދެކިގެން ނުވާނެއެވެ.
ދެން އޮތީ ވަޒީފާ ގޮތުން ޣައިރު މުސްލިމުންގެ ޢީދު ތަކުގައި ތަހުނިޔާ ކިޔަން ޖެހުމެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. ވަޒީފާ ގޮތުން ކްރިސްމަހަށް މަރުޙަބާ ކިޔަންޖެހެނީއޭ ކިޔާފައި އަޅުގަނޑުމެންނަށް އަތް އުރާލައިގެން ތިބެވޭކަށް ނެތެވެ. އެއަށްވުރެ މި މައްސަލަ މާބޮޑެވެ. އެހެންކަމުން އަޅުގަނޑުމެން އެފަދަ ކަންކަމުން ދުރުވެވޭތޯ މަސައްކަތް ކުރަންޖެހެއެވެ. ވަޒީފާގެ މާޙައުލުގައި ހުރި އެފަދަ ނޭދެވޭ ކަންތައްތައް ބަދަލު ކުރެވޭތޯ މަސައްކަތް ކުރަންޖެހެއެވެ. އަޅުގަނޑުމެންގެ އިސްކޮށް ތިބި ބަޔަކަށް އަޅުގަނޑުމެންގެ ޢުޛުރު ބުނެދީ އެމީހުންނަށް ނަސޭޙަތްތެރިވާން ޖެހެއެވެ. އަދި ވަޒީފާގެ މާޙައުލުގައި އިސްކޮށް ތިއްބެވި ބޭފުޅުންވެސް މިކަންކަމާމެދު ވަރަށް ބޮޑަށް ވިސްނަވާ ލައްވަން ޖެހޭނެއެވެ. އަޅުގަނޑުމެންނަށް ދީނުގައި ދުރުހެލިވުމަށް އަންގަވާފައިވާ ކަމެއް، ވިޔަފާރީގެ ގޮތުގައިވެސް ކުރުމަށް އަޅުގަނޑުމެން އަމުރުކޮށްގެންނެއް ނުވާނެއެވެ. މިދައްކަނީ އާދައިގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ކުފުރާއި ޝިރުކާއި ގުޅިފައިވާ ވާހަކައެކެވެ. މިދައްކަނީ ޝިރުކުގެ ތެރެއަށް ވަދެދާނެފަދަ ޢަމަލެއްގެ ވާހަކައެވެ. އެހެންވީމާ މީ ކުޑަކަމެއް ކަމުގައި ދެކިގެން ނުވާނެއެވެ.
ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރަށްވާފައި ވަނީ ﴿ لِيَحْمِلُوا أَوْزَارَهُمْ كَامِلَةً يَوْمَ الْقِيَامَةِ ۙ وَمِنْ أَوْزَارِ الَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَاءَ مَا يَزِرُونَ﴾ { النحل: 25} "(އެއީ) ޤިޔާމަތް ދުވަހުން އެއުރެންގެ ކުށްތައް ފުރިހަމައަށް އެއުރެން އުފުލުމަށްޓަކައެވެ. އަދި އެނގުމެއްނެތި، އެއުރެން މަގުފުރައްދާ މީހުންގެ ކުށްތަކުގެ ތެރެއިން ބައެއް (އެއުރެން އުފުލުމަށްޓަކައި) ވެސް މެއެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ!" އެހެންވީމަ އަޅުގަނޑުމެން މިކަންކަމުން ވަރަށް ބޮޑަށް ދުރުހެލިވާންޖެހޭނެއެވެ. އަދި އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވިޔަސް އަޅުގަނޑުމެންގެ ޢަމަލުން އެކަން ސާބިތުކޮށްދޭން ޖެހޭނެއެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَمَا يُؤْمِنُ أَكْثَرُهُم بِاللَّهِ إِلَّا وَهُم مُّشْرِكُونَ﴾ { يوسف: 106} "އަދި އެއުރެންކުރެ ގިނަމީހުން، ޝަރީކު ކުރާ ބަޔަކުކަމުގައިވާ ޙާލުގައި މެނުވީ، ﷲއަށް އީމާނެއް ނުވެތެވެ." އެހެން ކަމުން މިއީ ކްރިސްމަސް ކައިރިވަމުން އަންނައިރު އަޅުގަނޑުމެން ވިސްނާލަންޖެހޭ ވަރަށް މުހިންމު ނުކުތާއެކެވެ.

ކިޔުންތެރިންގެ ހިޔާލު