އައިޔޫއެމް
އައިޔޫއެމް
2019 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގައި ކިޔެވި ގއ ވިލިނގިލީ ދަރިވަރަކާ ދެކޮޅަށް އެ ޔުނިވާސިޓީން ދަޢުވާކޮށްފިއެވެ.

މި މައްސަލައަކީ، އައިޔޫއެމްގަައި "ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ ވިތު އޮނާސް" ކޯހުގައި ކިޔެވި ގއ. ވިލިނގިލީ ޝަދީ ވިލާ، ނަސްރުﷲ ފަތުހީ، ކޯސް ފީ ނުދައްކައިގެން އެ ފައިސާ ހޯދަން އައިޔޫއެމް އިން ދަޢުވާ ކުރި މައްސަލައެކެވެ.

އައިޔޫއެމްގެ ކޯސް ފީ ނެގުމާބެހޭ ޤަވާއިދުގެ ދަށުން ކަމަށް ބުނެ ކޯސް ފީގެ ގޮތުނގައި 6،735 ރުފިޔާ ނަސްރުﷲ އަތުން ހޯދުމަށް އައިޔޫއެމް އިން ދަޢުވާ ކޮށްފައިވާއިރު، ނަސްރުالله ވަނީ އެކޯސް ދޫކޮށްލައި ކިޔެވުން ހުއްޓާލާފައެވެ.

ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު މި މައްސަލަ ނިންމާފައިވާއިރު، މައްސަލައިގެ ރިޕޯޓުގައި ބުނެފައިވަނީ ކޯހުގެ ދެވަނަ ސެމިސްޓާގައި ނަސްރުﷲ ކޯހުން ވަކިވެފައިވީ ނަމަވެސް، ޔުނިވާސިޓީ އަށް 6،735 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުން އައިޔޫއެމް އާއި އެއްކޮޅަށް މި މައްސަލައިގައި ޙުކުމް ކޮށްފައިވަނީ، އެ ފައިސާ އައިޔޫއެމް އަށް ލިބިދިނުމަށްޓަކައި ހަތް ދުވަހުގެ ތެރޭގައި، އެކީ އެއްފަހަރާ އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ނަސްރުﷲ ގެ މައްޗަށް ޢަމުރުކޮށްފައެވެ.

މި މައްސަލައަށް ޙާޒިރުވެފައި ނުވާތީ ސިވިލްކޯޓުން މައްސަލަ ނިންމާފައިވަނީވެސް ނަސްރުﷲ ގެ ޣައިރު ޙާޒިރުގައެވެ. މި މައްސަލާގައި ދަޢުވާކުރުމުގެ ކުރިން، އެ ފައިސާ ހޯދުމަށް އައިޔޫއެމް އިން އީމެއިލް މެދުވެރިކޮށް އެކަން ނަސްރުﷲ އަށް ހަނދާން ކޮށްދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު