ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓް ބެހެއްޓުން ޙަރާމް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ހާމަކޮށްފިއެވެ.
ފަތުވާ މަޖިލީހުން އިއްޔެ ޢާއްމު ކޮށްފައިވާ ފަތުވާގައި ބުނީ، ދިރޭތަކެތީގެ ސިފައިގައި މޮނިއުމެންޓް ހެދުމާއި އާއްމު ތަންތަނުގައި ބެހެއްޓުމަކީ ޝަރީޢަތުގައި ޙަރާމްކަމެއް ކަމަށެވެ.
މިފަތުވާ ނެރެފައިވަނީ އެފަދަ ތަކެތި ބެހެއްޓުމާ ގުޅޭ ގޮތުން އާންމު ފަރާތަކުން ހުށަހެޅި ސުވާލަކާ ގުޅިގެން މި މައްސަލައިގައި އިސްލާމީ ޝަރީޢަތުގައިވާ ގޮތް ދެނެގަތުމަށްޓަކައި، ޢިލްމީ ގޮތުން ކުރެވުނު ދިރާސީ މަސައްކަތްތަކުގެ ހޯދުންތަކުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ޢިލްމީ ކަރުދާހެއް ތައްޔާރުކޮށް އާންމުކުރުމަށް ފަހުގައެވެ.
ފަތުވާ މަޖިލީހުން ބުނީ، ޝިރުކަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަމަށާއި ގިޔާމަތާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެ ކަމަށް ރަސޫލާގެ ހަދީސްގައި ބަޔާންވެފައިވާ ކަމަށެވެ.
ނަމަވެސް މި ފަތުވާގައި މީގެއިން ކުޑަކުދިން ކުޅެން ގެންހުޅޭ ބުދުތައް އިސްތިސްނާ ކޮށްފައިވެއެވެ. ޢިލްމުވެރިންގެ ދެކިވަޑައިގަންނަވާ ގޮތުގައި މިފަދަ ބުދުތައް ކުޑަކުދިން ހަގު އުމުރުން ފެށިގެން ގޭތެރޭގެ ކަންކަމަށާއި ދަރިން ބެލެހެއްޓުމަށް ތަމްރީނުކުރުމުގެ ގޮތުން ހުއްދަވާނެކަމަށް ފަތުވާގައިވެއެވެ.
މިމަހުގެ 9 ވަނަ ދުވަހު ފަތުވާ މަޖިލީހުން ފާސްކުރި "ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުމުގެ ޙުކުމް" އެ މަޖިލީހުގެ ވެބްސައިޓުގައި އިއްޔެ ވަނީ އާންމުކޮށްފައެވެ.

ދިރާސާ ކަރުދާސް: ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުމުގެ ޙުކުމް (ފަތުވާ 34)https://t.co/AWbBBVOdAp
— Supreme Council for Fatwa (@fatwamajlis) December 16, 2025
ފަތުވާ މަޖިލީހުން ބުނީ، ޝިރުކަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަމަށާއި ގިޔާމަތާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެ ކަމަށް ރަސޫލާގެ ހަދީސްގައި ބަޔާންވެފައިވާ ކަމަށެވެ.
ފަތުވާ 34: ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުމުގެ ޙުކުމްhttps://t.co/YWTbLAvGi0
— Supreme Council for Fatwa (@fatwamajlis) December 16, 2025
ނަމަވެސް މި ފަތުވާގައި މީގެއިން ކުޑަކުދިން ކުޅެން ގެންހުޅޭ ބުދުތައް އިސްތިސްނާ ކޮށްފައިވެއެވެ. ޢިލްމުވެރިންގެ ދެކިވަޑައިގަންނަވާ ގޮތުގައި މިފަދަ ބުދުތައް ކުޑަކުދިން ހަގު އުމުރުން ފެށިގެން ގޭތެރޭގެ ކަންކަމަށާއި ދަރިން ބެލެހެއްޓުމަށް ތަމްރީނުކުރުމުގެ ގޮތުން ހުއްދަވާނެކަމަށް ފަތުވާގައިވެއެވެ.
މިމަހުގެ 9 ވަނަ ދުވަހު ފަތުވާ މަޖިލީހުން ފާސްކުރި "ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުމުގެ ޙުކުމް" އެ މަޖިލީހުގެ ވެބްސައިޓުގައި އިއްޔެ ވަނީ އާންމުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު