ސާރުގެ ކުރެހުމެއް
ސާރުގެ ކުރެހުމެއް
ޔޫރަޕްގެ ގައުމެއް ކަމަށްވާ އިޓަލީގެ ސްޓެލްވިއޯ ނޭޝަނަލް ޕާކުގެ އުސް ފަރުބަދައެއްގެ މަތިން 200 މިލިއަން އަހަރުވީ ޑައިނޯސޯގެ (ސާރުގެ) ފިޔަވަޅުތަކެއް ފެނި ސައިސްވެރިންނަށް ހައިރާންކަން ގެނުވައިފިއެވެ.

އިޓަލީ އާއި ސްވިޒަލޭންޑް ގުޅޭ ބޯޑަރު ކައިރީގައި އޮންނަ މި ފަރުބައިން ފެނުނު އެތައް ސަތޭހަ ފިޔަވަޅުގެ ތެރެއިން ބައެއް ފިޔަވަޅުތަކުގެ ބޮޑުމިނުގައި 15 އިންޗިހުއްޓެވެ. މި ފިޔަވަޅުތައް ނިސްބަތް ވަނީ "ޕްރޮސޯރޮޕޮޑްސް" ނަމަކަށް ކިޔާ ޑައިނޯސޯތަކަކަށް ކަމަށް ބެލެވެ އެވެ.

މި ސަރަހައްދަކީ ދަތުރުފަތުރުކުރަން އުނދަގޫ، ރިމޯޓު ހިސާބެއް ކަމުން، މިކަމާ ގުޅޭ އިތުރު ދިރާސާތައް ކުރުމަށް ޑްރޯން ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޑައިނޯސޯތަކުގެ ވަކިތަކުގެ ނިޝާންތައް ވަރަށް ސާފުކޮށް ފެންނަން ހުރިކަން ސައިންސްވެރިން ބުނެ އެވެ. މި ފިޔަވަޅުތައް އެންމެ ފުރަތަމަ ފާހަގަކުރެވުނީ އެލިއޯ ޑެލާ ފެރޭރާ ނަމަކަށް ކިޔާ ފޮޓޯގްރާފަރަކަށެވެ.

މިހާތަނަށް ފެނުނު އެންމެ ބޮޑު ސާރުގެ ފިޔަވަޅުގެ ދިގު މިނުގައި 42 އިންޗި އަދި ފުޅާ މިނުގައި 30 އިންޗި ހުރި މި ފައިތިލައިގެ ނިޝާނަކީ ކަރު ދިގު، ފަތްޕިލާވެލި ކައިގެން އުޅުނު ބިޔަ ޑައިނަސޯއެއް ކަމަށްވާ ޓައިޓެނަސޯގެ ފައިތިލައިގެ ނިޝާނެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ. މި ނިޝާން ހޯދި ޖަޕާނާއި މޮންގޯލިއާއަށް ނިސްބަތްވާ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިފައިތިލަ ނިސްބަތްވާ ޑައިނަސޯގެ ދިގުމިނުގައި 98 ފޫޓު ހުންނާނެ ކަމަށް ބަލާއިރު އިސްކޮޅުގައި 66 ފޫޓު ހުންނާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު