ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް ހިނގި ޙާދިސާގައި ހަށިގަނޑުގެ ބޮޑުބައެއް ފިހިގެން، ރާއްޖެއިން ބޭރުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި މީހާގެ ޖަނާޒާ މިރޭ ބާއްވަން ނިންމައިފިއެވެ.
އަލިފާނުގެ ހާދިސާގައި ފިހުނީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 42 އަހަރުގެ އަހުމަދު އަޒްމީލް އެވެ.
އޭނާ އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އަޒްމީލްގެ ޖަނާޒާ ބާއްވަނީ ހުޅުމާލެ ސަހަރާގައެވެ. އަދި ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހުގައެވެ.
އަޒަމީލް ވަނީ ސްޓެލްކޯ އަށް 21 އަހަރު ޚިދުމަތް ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު