ރާއްޖެއަކީ ތަރައްގީވަމުން އަންނަ ކުޑަ ގައުމެއް ކަމުގައިވީނަމަވެސް، މި ގައުމަށް އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް މިހާރު ވަނީ ކަންބޮޑުވާ ހިސާބަކަށް ގޮސްފައެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގައި އެންމެ ދަރަނި ބޮޑު ގައުމުތަކުގެ ތެރެއިން 6 ވަނައިގައި ރާއްޖެ ހިމެނެއެެވެ.
ބައިނަލްއަޤްވާމީ މާލީ ފަންޑް (އައިއެމްއެފް) އަދި ދުނިޔޭގެ ބޭންކު ފަދަ މާލީ އިދާރާތަކުން ނެރެފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ޖުމްލަ ދަރަނި ޤައުމީ އުފެއްދުންތެރިކަމަށް ނިސްބަތް ކުރާއިރު، ހުރީ އާދަޔާ ހިލާފަށް މަތީ މިންވަރެއްގައެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ދަރަނި ޖީ.ޑީ.ޕީ. ހުރީ ސައްތަ އިންސައްތައަށްވުރެވެސް މަތީގައެވެ. މި ދަރަނިތަކުގެ ތެރޭގައި އެތެރޭގެ ދަރަނިތަކާއި ބޭރުގެ ޤައުމުތަކުންނާއި މާލީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް ހިމެނެއެވެ. ހާއްސަކޮށް ބޭރު ގައުމުތަކުންނާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތައް މީގެ ތެރޭގައި ހިމެނެއެވެ.
ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ދަރަނި މިހާ ބޮޑުވާންޖެހޭ ސަބަބުތަކާމެދު ކޮންމެ މީހަކުވެސް ވަރަށް ފުންކޮށް ވިސްނާލަން ޖެހެއެވެ. މި ގައުމުގެ ދަރަނި ބޮޑުވާން ޖެހޭ އެންމެ މައިގަނޑު އެއް ސަބަބަކީ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭރުން ލޯނު ނެގުމެވެ. މިސާލަކަށް، ބްރިޖް މަޝްރޫޢުތައް، ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ފުޅާކުރުމުގެ މަސައްކަތްތައް، އަދި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކަށް ނަގާފައިވާ ލޯނުތައް އޭގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ފޫބެއްދުމަށް ވެސް ލޯނުތައް ނަގަމުން ދިއުމަކީ ދަރަނި ބޮޑުވުމަށް މެދުވެރިވާ ސަބަބެކެވެ.
ދަރަނި މިހާ ބޮޑަށް މަތިވެގެން ދިއުމުގައި ސަރުކާރުގެ ނިންމުންތަކާއި ސިޔާސަތުތަކުގެ ދައުރު ވަރަށް ބޮޑެވެ. މަޝްރޫޢުތައް ހިންގުމުގައި ހޭދަވާ ބަޖެޓްތަކުގެ މާލީ ހާމަކަމާއި ޖަވާބުދާރީވުން ދަށްވުމުގެ ސަބަބުން، ޚަރަދުތައް ބޮޑުވެ، ދަރަނި މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ބައެއް ފަހަރު، އިޤްތިޞާދީ ދިރާސާއަކާ ނުލައި، ނުވަތަ ދުރު ރާސްތާ ރޭވުމެއް ނެތި ބޮޑެތި މަޝްރޫޢުތައް ފެށުމަކީ ވެސް ދަރަނި ބޮޑުވާ ސަބަބެކެވެ. މީގެ އިތުރުން، ދަރަނިތައް މެނޭޖްކުރުމުގައި ދެމެހެއްޓެނިވި ސިޔާސަތުތަކެއް ނެތުމާއި، ލޯނުތައް ނަގާއިރު އިންޓަރެސްޓް ރޭޓްތަކާއި އަނބުރާ ދައްކަން ޖެހޭ މުއްދަތުތަކަށް ސަމާލުކަން ނުދެވުމަކީ ވެސް މި ހިސާބަށް މައްސަލަ ގޯސްވާން މެދުވެރިވި ސަބަބުތަކެއް ކަމަށް ބެލެވެއެވެ.
މިގޮތަށް ދަރަނި ބޮޑުވުމުގެ ސަބަބުން ފައިސާގެ އަގު ދަށަށް ގޮސް، އިންފްލޭޝަން އިތުރުވެއެވެ. މީގެ ސަބަބުން ކާބޯތަކެއްޗާއި، ތެލާއި، ބޭހާއި، އެހެނިހެން އަސާސީ ބޭނުންތަކުގެ އަގު މަތިވެ، ދިރިއުޅުމުގެ ޚަރަދު ބޮޑުވެއެވެ. ދަރަނި އަނބުރާ ދެއްކުމަށްޓަކައި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޓެކްސް އިތުރުކުރުމާއި، ސަބްސިޑީތައް ކަނޑާލުން ފަދަ ކަންކަން ހިމެނޭތީ މީގެ ސަބަބުން ރައްޔިތުންގެ އަތުން ނަގާ ފައިސާ އިތުރުވެ، އެކި ބޭނުންތަކަށް ސަރުކާރުން ދޭ އެހީތައް މަދުވެ، މުޖުތަމަޢުގައި ދަތިކަން އިތުރުވެއެވެ.
ގައުމުގެ ދަރަނި ބޮޑުވުމުގެ ސީދާ އަސަރު އެންމެ ބޮޑަށް ކުރަނީ އާންމު ރައްޔިތުންނަށެވެ. އެއީ އިންފްލޭޝަންގެ ސަބަބުން އަސާސީ ބޭނުންތަކުގެ އަގު ބޮޑުވުމުން، އެމީހުންގެ ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމަށް ދަތިވާތީއެވެ. ކާނާ، ބޯހިޔާވަހިކަން، ޞިއްޙީ ޚިދުމަތްތައް، އަދި ތަޢުލީމު ފަދަ ކަންކަމަށް ޚަރަދުކުރުމަށް ދަތިވެ، އާމްދަނީ މަދުން ލިބޭ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެއެވެ.
ދުނިޔޭގައި އެންމެ ދަރަނި ބޮޑު 6 ވަނަ ގައުމު ކަމުގައި ރާއްޖެ ހިމެނުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިކަމުގެ ސަބަބުން ގައުމުގެ އިޤްތިޞާދަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ދެމެހެއްޓެނިވި އިޤްތިޞާދީ ސިޔާސަތުތައް ހެދި، ދަރަނި މެނޭޖްކުރުމުގައި އިތުރަށް ސަމާލުވެ، ހާމަކަމާއި ޖަވާބުދާރީވުން އިތުރުކުރުމަކީ މުހިންމު ކަމެކެވެ. ނިކަމެތި ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކޮށް، އިޤްތިޞާދީ ހަމަޖެހުމެއް މި ގައުމަށް ގެނައުމަށްޓަަކައި، މިފަދަ ކަންކަމަށް އަވަސް ޙައްލެއް ހޯދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު