ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމަށްފަހު ދަނީ ގާނޫން އަސާސީ އާައި ދައުލަތް ކަރުއަޅާލަމުން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ދަނީ ނިމިދިޔަ ސަރުކާރަށް ވުރެން ބޮޑަށް ދައުލަތް ލޫޓުވަމުން ކަމަށެވެ.
"ކޮންމެ ސަރުކާރަކުން ވެސް ދަނީ ނިމިދިޔަ ސަރުކާރަށް ވުރެން ބޮޑަށް ގައުމު ލޫޓުވާލެވޭތޯ ބަލަމުން, ލޫޓޫވާލާއިރު ގާނޫން އަސާސީ އާއި ދައުލަތްވެސް ކަރުއަޅާލަނީ, ސުޕްރީމް ކޯޓުވެސް ކަރުއަޅާލީ." އަލީ ހުސެއިން ވިދާޅުވިއެވެ.
ހަމައެއާއެކު ހާލަތު އަދި ބަދަލުވާނެ ކަމަށާއި އެ މަންޒަރު ފެންނަ ކަމަށް ވިދާޅުވެ އަލީ ވިދާޅުވީ މިޤައުމުގައި އޮތީ ދެފިކުރެއް ކަމަށް ބަޔަކު ބުނި ނަމަވެސް މިޤައުމުގައި އޮތީ އެންމެ ފިކުރެއް ކަމަށެވެ. އަލީ ވިދާޅުވީ އެންމެން ވެސް ކުރާ ކަމަކީ ދައުލަތް ލޫޓުވައިގެން ކެއުން ކަމަށެވެ.
"ދަރަމުން ދަރަމުން ގޮސް ދުނިޔޭގެ ހަވަނައަށް އެންމެ ދަރަނި ބޮޑު ގައުމަށް ދިވެހި ރާއްޖެ ވެއްޖެ. 700 ގުނައަށް ދައުލަތުގެ ބަޖެޓު އިތުރު ވެއްޖެ." ރޭގެ ޕްރޮގްރާމްގައި އަލީ ހުސެއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު