ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު) 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
މާނުގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ ޕީޕީއެމްގެ ވެރިކަމުގައި އޭނާ މޯލްޑިވް ގޭސްގެ އެމްޑީ ކަމުގައި ހުރިއިރު، 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއްގެ ހުކުމް އިއްވީ 29 ސެޕްޓެމްބަރ 2025 ގައެވެ.
އެގޮތުން ކޮންމެ ދައުވާއަކަށް ކޯޓުން އިއްވީ ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އެއީ ޖުމްލަ 12 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަތައް މާނުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އެ މައްސަލަތައް ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް އުފުލި އިތުރު ފަސް ދައުވާއެއްގެ މައްސަލަ ނުނިމި ކޯޓްގައި އެބައޮތެވެ. އެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނީ ވަރަށް މަޑު ދުވެލީގައެވެ.
މީގެކުރިން މޯލްޑިވްސް އިސްލާމިކް ބޭންކަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ 6 މަސްތެރޭގައި ދައްކަން، މާނުގެ މައްޗަށް ސިވިލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އަދި އެ ފައިސާ ދައްކާ ޚަލާސް ކުރަންދެން، މައުމޫންގެ ރެހެންދި ފްލެޓް އިސްލާމިކް ބޭންކަށް ރަހުނު ކޮށްފައިވާ ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު