ހުރިހާ ބާރެއް އޮތީ ރައީސްގެ މުށުތެރޭގައި ކަމަށާއި، ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ރަސްކަމެއް ކަމަށް ކެންދޫ ދާައިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ނިޒާމީ ބޮޑު ބަދަލެއް އަންނަން ވެއްޖެ ކަމަށާއި ރައީސުލް ޖުމުހޫރިއްޔާގެ އަތުގައި ހުރި ބާރުތައް އެހެން ދިމަ ދިމާލަށް ޑީސެންޓްރަލައިޒް ވާންޖެހޭ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އަތުގައި ހުރި ބާރުތައް އެހެން ދިމަ ދިމާލައް ޑީސެންޓްރަލައިޒް ވާންޖެހޭ, ރައީސުލްޖުމްހޫރިއްޔާ އަކީ ރަސްގެފާނުގެ ގޮތަށް އޭނާ ހިތުހުރިހާ ގޮތަކަށް ކަންކުރެވެން ހުންނަ މީހެއް ނޫން." އަލީ ވިދާޅުވިއެވެ.
އަލީ އިތުރައް ވިދާޅުވީ މިއީ ދިވެހިންގެ ގައުމު ކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާގެ އެކަނި ގައުމެއް ނޫން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ 5 އަހަރަށް ރައްްޔިތުން ވަޒީފާއަކަށް މަތި ކުރާ މީހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ވެސް ވަޒީފާގެ ބޭނުންކޮށްގެން ނާޖާއިޒް ކަންތައްތަކެއް ކުރަންޔާ އެކަން ބެލޭނެ ގޮތެއް އޮންނަން ޖެހޭނެ." އަލީ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ޕަޕެޓުންކަމަށް ވިދާޅުވެ އަލީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވެފައިވަނީ ރައީސް އަންގަވާ ގޮތަށް ރަބަރު ސްޓޭޕް ޖަހާ ބަޔަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު