ލޯކާރގެ މަޝްހޫރު މޮސްކޮޓެއް-
ލޯކާރގެ މަޝްހޫރު މޮސްކޮޓެއް-
ލޯކާރގެ 100 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

މި އާއިލީ ހަވީރު އިންތިޒާމު ކުރާނީ ރާއްޖެއަށް ލޯކާރ އެތެރެކޮށް ޑޮސްޓްރިބިއުޓް ކުރާ ޔޫރޯ މާކެޓިން އިންނެވެ.

ޔޫރޯ މާކެޓިން އިން ބުނީ ލޯކާރ ގެ 100 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެކަން ފާހަގަކުރުމުގެ ގޮތުން ވަރަށް ހާއްސަ، އުފާވެރި، އިވެންޓެއް ޑިސެމްބަރު 12 ވަނަ ދުވަހު ހަވީރު 04:00 އިން 06:00 އަށް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި އިވެންޓު އޮންނާނީ ހުޅުމާލެ ޔޫތު ޕާކް (ރެޑް ބުލް ސްކޭޓް ޕާކް) ގައެވެ.

ލޯކާރ ގެ ރަހަތަކަށް ލިބިފައިވާ 100 އަހަރުގެ އިތުބާރު ފާހަގަކުރުމަށް ބާއްވާ މި ހަރަކާތަކީ އާންމުކޮށް ހުޅުވާލެވިފައިވާ އާއިލީ އަދި ހާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން ރޭވިފައިވާ މަޖާ ހަވީރެއް ކަމަށް ޔޫރޯ އިން ވަނީ ބުނެފައެވެ.

މި ހަރަކާތަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިންޓަރެކްޓިވް އެކްޓިވިޓީ ޒޯންތަކާއި، ފޯރިގަދަ ޗެލެންޖްތަކާއި، ލޯކާރގެ މަޝްހޫރު މަސްކޮޓްތަކާ ބައްދަލުކޮށް ސަލާމްކުރުމުގެ ފުރުސަތުތައް ލިބި، މަޖާ ހަދިޔާތައް ގެއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޔޫރޯ އިން ވަނީ ބުނެފައެވެ.

ޔޫރޯ އިން ބުނީ މި ހަތަކާތް ރާވާފައިވަނީ ލޯކާރގެ ތާރީޚީ ކާމިޔާބީތައް ދިވެހި މުޖުތަމަޢާއެކު ފާހަގަކުރުމަށްޓަކައި ހައިރާންކުރަނިވި، އަދި ފޯރިގަދަ މާހައުލެއް ބިނާކުރުމަށް ކަމަށެވެ.

މިއީ ލޯކާރގެ 100 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ކުރިއަށްގެންދެވުނު ގިނަ ހަރަކާތްތަކެއްގެ ތެރެއިން އެއް ހަރަކާތެވެ. މި ހަރަކާތްތަކުގެ ތެރޭގައި ސާމްޕަލް ދިނުމުގެ ހަރަކާތްތަކާއި، މުޖުތަމައަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި، ހުޅުމާލޭގައި އަލަށް ކުރެހި މުރަލްއާއި، ދިވެހި އާއިލާތަކަށް ލޯކާރގެ އައު އުފެއްދުންތައް ތައާރަފްކުރުން ހިމެނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޯކާރ އަށް 100 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، ޔޫރޯ މާކެޓިންގ އިން އަންނަނީ މުޖުތަމަޢުތައް އެއްތަންކޮށްދޭ މާނަވީ ތަޖުރިބާތަކެއް އުފެއްދުމަށް ކޮންމެހެންވެސް ބޭނުންވާ މަސައްކަތްތައް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު