ސްނޭހާ ޗިކެންގެ އެކި ބާވަތްތައް-
ސްނޭހާ ޗިކެންގެ އެކި ބާވަތްތައް-
ކާބޯތަކެތީގެ ރައްކާތެރިކަމާއި ތާޒާކަމަކީ ކޮންމެ އާއިލާއަކުން ވެސް އެންމެ ބޮޑު އިސްކަމެއްދޭ ކަންތައްތަކެވެ. މިގޮތުން، އިންޑިއާގެ އެންމެ އިތުބާރު ހުރި އެއް ހަލާލް ކުކުޅު ބްރޭންޑު ކަމަށްވާ "ސްނޭހާ ޗިކެން" ރަސްމީ ގޮތެއްގައި ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރުމުގައި، މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

 

"ސްނޭހާ ޗިކަން" އަކީ އޭގެ ފެންވަރާއި އިތުބާރުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. ރާއްޖެ އެތެރެކޮށް މާކެޓުކުރާ ސްނޭހާ ބްރޭންޑްގެ ހުރިހާ ކުކުޅަކީ ވެސް އިސްލާމީ ޝަރީއަތުގެ ހަމަތަކާ އެއްގޮތަށް، ހަލާލު މިންގަނޑުތަކަށް ފެތޭ ގޮތަށް ކަތިލެވޭ ކުކުޅެވެ.

 

މި އުފެއްދުންތަކުގެ ތާޒާކަން ދެމެހެއްޓުމަށްޓަކައި، އިންޑިއާއިން ތައްޔާރުކޮށް ރާއްޖެއާ ހަމައަށް ފޮނުވަނީ ފިނިހޫނުމިން ވަކި މިންގަނޑެއްގައި ހިފެހެއްޓިފައިވާ "ކޯލްޑް ޗެއިން" އެއްގެ ދަށުންނެވެ. މަޑިހާ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ކުކުޅު ކަތިލާތާ 7 ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެސް، އޭގެ އަސްލު ރަހައާއި ތާޒާކަމާއެކު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

 

ސްނޭހާ ގްރޫޕުގެ ތާރީޚަށް ބަލާއިރު، މިއީ 1982 ވަނަ އަހަރު އިންޑިއާގެ ހައިދަރުއާބާދުގައި ވަރަށް ކުޑަ ފެންވަރެއްގައި ފެށި ވިޔަފާރިއެކެވެ. ނަމަވެސް މިއަދު އެ ކުންފުންޏަކީ ކުކުޅުގެ ވިޔަފާރީގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފައިވާ ބޮޑު ސިނާއަތެކެވެ. އެ ގްރޫޕުގެ ދަށުން ކުކުޅު ގެންގުޅޭ ފާމްތަކާއި، ބިސް އަޅާ މަރުކަޒުތަކާއި، ކުކުޅު ކާނާ އުފައްދާ ފެކްޓްރީތައް ހިންގައެވެ. މީގެ އިތުރުން ޒަމާނީ ފެންވަރުގެ ޕްރޮސެސިންގ ޕްލާންޓްތަކާއި ކޯލްޑް ސްޓޯރޭޖްތަކުގެ އެހީގައި، ސާފުތާހިރުކަމުގެ މަތީ މިންގަނޑުތަކަށް އުފެއްދުންތައް ތައްޔާރުކުރުމުގެ ގާބިލުކަން އެ ކުންފުންޏަށް ލިބިފައިވެއެވެ. 

 

ރާއްޖޭގެ ބާޒާރަށް މަޑިހާ ކުންފުނިން ސްނޭހާ ބްރޭންޑުގެ ތަފާތު ގިނަ ބާވަތްތަކެއް ތައާރަފުކޮށްފައިވެއެވެ. އޭގެ ތެރޭގައި މުޅި ކުކުޅު، ކޮށާފައި ހުންނަ ކުކުޅު، ބޯންލެސް ޗިކަން، އަދި ކުކުޅުގެ އެކި ބައިތައް (ބަނޑުވަށް، ފުރަމޭ) ހިމެނެއެވެ. އަވަހަށް ކައްކާލަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ޗިކަން ނަގެޓްސް، ލޮލީޕޮޕް، ބާގަރ އަދި ސްޓްރިޕްސް ފަދަ "ރެޑީ ޓު ކުކް" ބާވަތްތައް ވެސް މިހާރު ލިބެން ހުރެއެވެ. މި އުފެއްދުންތައް މާލޭގެ "އުފަންވެލި" ފިހާރަތަކުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު މަޑިހާ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

 

1985 ވަނަ އަހަރު އުފެދުނު މަޑިހާ ކޮމްޕެނީއަކީ ރާއްޖެއަށް ތާޒާ މޭވާއާއި ތަރުކާރީގެ އިތުރުން ފިނިކުރި ކާބޯތަކެތި އެތެރެކުރުމުގައި 40 އަހަރާ ގާތްކުރާ ތަޖުރިބާ ހުރި ކުންފުންޏެކެވެ. ގޭބިސީތަކުގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި، ރެސްޓޯރަންޓްތަކާއި ސުޕަމާކެޓްތަކަށް ބޭނުންވާ ކޮލިޓީ މުދާ ފޯރުކޮށްދިނުމުގައި އެ ކުންފުންޏަކީ އިތުބާރު ހުރި ނަމެކެވެ. ސްނޭހާ ޗިކަންއާއެކު އޮތް މި ގުޅުމުގެ ސަބަބުން، ދިވެހި މާކެޓަށް ބައިނަލްއަގުވާމީ ފެންވަރުގެ ހަލާލު އުފެއްދުންތައް ފޯރުކޮށްދިނުމަށް މަޑިހާ ކުންފުނިން ކުރާ މަސައްކަތް އިތުރަށް ވަރުގަދަވެ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު