ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދިނުމަކީ ބެލެނިވެރިންނާއި މުދައްރިސުންނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިގޮންޖެހުން ފަސޭހަކޮށްދީ، ކޮންމެ ކުއްޖަކަށް ވެސް ދިވެހިބަހުގެ ރީތިކަމާއި ފަހުރުވެރިކަން ދަސްކޮށްދިނުމަށް ހާއްސަކޮށްގެން މިހާރު ވަނީ އާ ފޮތެއް ނެރެފައެވެ. އެއީ 'ދިވެހިބަސް' މި ނަމުގައި ނެރެފައިވާ ފޮތެވެ.
'ދިވެހިބަސް' މިފޮތަކީ އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ހާއްސަކޮށްގެން، ދިވެހިބަހުގެ އަކުރު ދެނަގަތުމާއި، އަކުރުގެ އަޑު ދެނަގަތުމާއި، އަކުރުގެ ބައްޓަން ދަސްކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް އެކުލަވާލެވިގެންވާ މުހިންމު ފޮތެކެވެ. މިއީ ދިވެހިބަސް ދަސްކުރަން ފަށައިގަންނަ ކުދިންނަށް ޚާއްސަ ފޮތެކެވެ. މި ފޮތް ފަރުމާކުރެވިފައިވަނީ ކުދިންނަށް އުނގެނުމުގެ ތެރެއިން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަތުމަށް މަގުފަހިވާނެހެންނެވެ.
މި ފޮތުގައި ހިމެނިފައިވާ ތަފާތު ހަރަކާތްތަކުގެ ސަބަބުން ކުދިންނަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ކުލަޖެއްސުމުގެ ހަރަކާތްތަކުން ދަރިވަރުންނަށް އަކުރުގެ ބައްޓަމަށް އަހުލުވެރިވުމުގެ އިތުރުން، އަތުގެ ކުދިމަސްތަކަށް (ފައިންމޮޓޯސްކިލް) ތަރައްޤީވުމަށް އެހީތެރިވެ، ފަންސުރުގެންގުޅެން ދަސްވާނެއެވެ. އަކުރު ހޯދުމުގެ ހަރަކާތްތަކުގެ ސަބަބުން އަކުރު ދެނަގަތުމާއެކު ލޮލާއި އަތާއި ސިކުނޑީގެ ގުޅުން ބަދަހިވެ، ވިސްނުން ތަރައްޤީވުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، އަކުރު ކަފާތަތްކުރުމުގެ ހަރަކާތްތަކަކީ ލިޔުމަށް ދަތިވާ ދަރިވަރުންނަށް އަކުރުގެ ބައްޓަމާއި އަކުރުގެ އަޑު، އަދި އަކުރު ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ވަރަށް ބޭނުންތެރި ހަރަކާތްތަކެކެވެ.
އަކުރު ލިޔުމުގެ ހަރަކާތްތަކުގެ ތެރޭގައި ތަފާތު ލައިންތައް މަތީގައި ލިޔެގެން އަކުރުތަކުގެ ބައްޓަމަށް ފަރިތަކުރުވުމުގެ އިތުރުން، އަތާއި ލޮލުގެ ގުޅުން (ހޭންޑް އެންޑް އައި ކޯޑިނޭޝަން) ތަރައްޤީކުރާނެ ހަރަކާތްތައް ހިމެނެއެވެ. މީގެ ސަބަބުން، އަކުރުގެ ބައްޓަމަށް އަކުރު އަމިއްލައަށް ލިޔަން ދަސްވުމުގެ ހުނަރު އިތުރުވެގެންދާނެއެވެ. ފޮތުގައި ހިމެނިފައިވާ ތަސްވީރަށް ބަލައިގެން މަދުވާ އަކުރު ލިޔުމުގެ ހަރަކާތްތަކުން، އަކުރުގެ އަޑާއި، އަކުރު ލިޔަންޖެހޭ ތަންތަން ދެނަގަތުމަށް ފަސޭހަވާނެއެވެ.
ތަސްވީރު ފެށޭ އަކުރު ލިޔުމުގެ ހަރަކާތްތަކަކީ، ތަސްވީރުގެ ނަން ކިޔުމާއި، އެނަން ފެށޭ އަކުރު ދެނަގަތުމުން، ދަރިވަރުންނަށް އަކުރުތައް ދަސްވުމުގެ އިތުރުން، އެކުދިންގެ ބަސްކޮށާރު މުއްސަނދިވެގެންދާނެ ކަމެކެވެ. އަދި، ތަސްވީރާއި ނަމާއި ގުޅުވުމުގެ ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންނަށް މާނަހުރި ގޮތެއްގައި ބަސް ދަސްވެގެންދާނެއެވެ. ބަސްކޮށާރު އިތުރުކުރުމަށް، އަކުރުން ފެށޭ ބަސްތައް ތަކުރާރުކޮށް ކިޔުމުން ދަރިވަރުން ބަހަށް ފަރިތަވެ، ބަހަށް އަހުލުވެރިވާނެއެވެ.
މި ފޮތަކީ، ދިވެހިބަސް ދަސްކުރަން ފަށައިގަންނަ ކޮންމެ ކުއްޖަކަށް ވެސް ފައިދާހުރި، އުނގުނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން، ހޭންޑް-އައި ކޯޑިނޭޝަން އާއި، ޕްރީ-ރައިޓިންގ ހަރަކާތްތައް ހިމެނޭހެން ތަފާތު ލެވެލްތަކުގެ މަސައްކަތްތައް އެކުލެވިގެންވާ އަގުހުރި ވަސީލަތެކެވެ.
މި ފޮތް ލިޔުއްވާފައިވަނީ ތަޢުލީމީ ދާއިރާގައި 30 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ރޮނގުން ސްޕެޝަލައިޒްވެފައިވާ ސެން ޓީޗަރެއް ކަމަށްވާ އައިޝަތު ލަބީޤާ (ލަބީޤާ މިސް) އެވެ. މަރަދޫ ސްކޫލުގައި މިހާރުވެސް ސެން ލީޑިން ޓީޗަރެއްގެ މަޤާމުގައި ހަރަކާތްތެރިވަމުން އަންނަ އައިޝަތު ލަބީޤާ، މިފޮތް ލިޔުއްވުމުގެ މަޤްސަދު ކަމަށް ވިދާޅުވީ، ކުދިންގެ ތަފާތު ޤާބިލިއްޔަތުތަކަށް އެކަށޭނަ މަސައްކަތްތަކާއެކު ތައްޔާރުކޮށްފައިވާ ދިވެހި އުނގަންނައިދޭ ފޮތްތަކުގެ ދަތިކަން ފިލުވުމެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި މިފޮތަކީ، ހުރިހާ ކުދިންނަށް ދަސްކުރަން ފަސޭހަވާނެހެން، ޚާއްސަކޮށް އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި އަދި ތުއްތު ކުދީންނަށްވެސް ދިވެހި ބަސް ދަސްކުރުމަށް ފަސޭހަވާނެ ގޮތްތަކަށް އެކުލަވާލެވިގެން ތައްޔާރުކޮށްފައިވާ މަސައްކަތް ފޮތެކެވެ.
މި ފޮތް ގަނެލުމަށް ބޭނުންފުޅުވާ ފަރާތަކަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް އެކްސްޕޯ 2026"ގައި ބައްލަވައިގަނެވޭނެއެވެ. އަދި ފޯން ނަމްބަރު 7463372 އަށް ގުޅުވައިގެން ނުވަތަ މެސެޖުކޮށްލެވުމުންވެސް ބައްލަވައިގަނެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު