ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަން ކުރަށްވާފައިވާ ބޭފުޅުންނަށް ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 9/2019) އަށް ގެނައި 3 ވަނަ އިޞްލާޙު މިއަދު ތަޞްދީޤު ކުރަށްވައިފިއެވެ.
މި ބިލަކީ 2025 ޑިސެންބަރު 1 ވީ އާދީއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ، ރައީސުލްޖުމްހޫރިއްޔާކަމާއި ނައިބު ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ކަނޑައެޅުމާއި، އެ ޢިނާޔަތްތައް ދިނުމުގެ އުސޫލުތައް ބަޔާންކުރުމެވެ.
ޤާނޫނަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ކުރީގެ ރައީސުންނަށް ދެމުންދިޔަ އޮފީސް ހިންގުމުގެ ޚަރަދު އުނިކުރުމާއި، ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ އެހެން މަޤާމަކާ ޙަވާލުވެއްޖެނަމަ އެ މަޤާމެއް އަދާކުރާ މުއްދަތުގައި ޢިނާޔަތްތައް ނުލިބުން ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ، އެ މުއްދަތުގައި ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމުނޫންކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން، ރިޔާސަތުގެ ފަސް އަހަރުދުވަހުގެ ދައުރެއްގައި ނައިބު ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 30،000 ރުފިޔާގެ މާލީ ޢިނާޔަތަކާއި، ދައުލަތުގެ ޚަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސުލްޖުމްހޫރިއްޔާ މަޤާމުގައި ހުންނަވައި ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ހިނދުން ފެށިގެން، އޭނާއަށާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ޤާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި ޢިނާޔަތެއް ނުލިބޭނެކަމަށްވެސް މި އިޞްލާޙުގައި ވަނީ ބަޔާންކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤު ކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު