އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން އައްޑޫ ސިޓީގެ 10 ތަނެއް ފުލުހުން ބަލައި ފާސްކޮށްފައިވާކަމަށެވެ.
އަދި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، މި މީހުންގެ ތެރެއިން 6 މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ފުލުހުން ހާމަކުރިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހެއް ކަމަށްވާ ސ. ހިތަދޫ، ގުލްކަނދުގެ، ހަސަން ނަފީޒް (36އ) ގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައިކަމަށް ފުލުހުން ހާމަކުރިއެވެ.
އައްޑޫސިޓީގައި ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި ވަނީ އެ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރަމުންދާ މީހުން އަތުލައިގަނެފައެވެ. ފުލުހުން ވަނީ އެމީހުންގެ ވަނަވަރުވެސް އާއްމުކޮށްފައެވެ.
އެމީހުންނަކީ ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ.
ފުލުހުން ބުނީ މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައިކަމަށެވެ. މައްސަލައާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމާއި ހާފިޒް ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މިއަހަރު މާޗް މަހުން ފެށިގެން ކަމަށާއި އެ ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ހޯދިފައިވާ ކަމަށް މީގެ ކުރިން ފުލުހުން ހާމަކުރިއެވެ.
އެގޮތުން ފާއިތުވި ފަސް އަހަރު އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު