ބޯވަދިލަ މަހެއްހެން ޕާޓީތަކަށް ސޮއިކުރަށްވާ ބޭފުޅުން ސަފީރުންނަށް އައްޔަން ކުރުމަކީ ގޯހެއް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
މެންބަރު އައްބާސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ޖަފާނު ސަފީރުކަމަށް އައްޔަނު ކުރުމުގެ މައްސަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އައްބާސް ވިދާޅުވީ، މަޚްލޫފް ޕީއެންސީއާ ގުޅިވަޑައިގަތުމުން ސަފީރު ކަމަށް އޭނާ އައްޔަންކޮށް، އިނާޔަތްތައް ދީ، އަނބިދަރިންނާއި އާއިލާ ދިރިއުޅެން އެއްވެސް މަސައްކަތެއް ނުކޮށް އުޅެން ދޫކޮށްލުމަކީ ގައުމާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ރަނގަޅުގޮތަކީ ކިޔަވައިގެން މުޖުތަމައަށް ނުކުންނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން އައްބާސް ވިދާޅުވީ، އެއް ޕާޓީން އަނެއް ޕާޓީން އޮއިވަރެއްހެން ދެމެމުންދާ ސިޔާސީގޮތުން މުސްކުޅި ބޭފުޅުންނަށް ބަރޯސާވުމުގެ ސަގާފަތް ނިންމަންޖެހޭ ކަމަށެވެ.
"ބޯވަދިލަ މަހެއްހެން ދުވާ ބޭފުޅުން ގެނެސް ގައުމު ތަމްސީލުކުރަން ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ މަލަމައްޗަށް މޫނުމައްޗަށް ރާއްޖެ ރެޕްރެޒެންޓްކުރަން ބޭތިއްބުމަކީ އެއް ގޮތަކަށްވެސް ސިކުނޑި ގަބޫލުކުރާ ކަމެއްނޫން." އައްބާސް ވިދާޅުވިއެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެފައިވަނީ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އޭނާ ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭގައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމާ ދެކޮޅަށް ގަދައަށް މަސައްކަތް ކުރެއްވި މަހުލޫފް ޖަޕާނު ސަފީރު ކަމަށް އައްޔަންކުރަން ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮޮނުވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
އަދި އޭނާއަށް ރުހުން ދިނުމަށް ޕީއެންސީގެ މެޖޯރިޓީ މަޖިލީހުން ރުހުން ދީފައިވަނީ މިއަދުއެވެ.

ކިޔުންތެރިންގެ ހިޔާލު