ފޮރިން މިނިސްޓަރ
ފޮރިން މިނިސްޓަރ
ސްރީލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ 37 މީޑިއާއެއް ގުޅިގެން ފެށި "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު ނުވަތަ 245 މިލިޔަން ލަންކާ ރުޕީޒް މިއަދު އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

"ސިލޯނާއެކު ދިވެހީން" ޓެލެތޯން ފެށީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ. އަދި މި ޓެލެތޯން ނިންމާލީ އިއްޔެ މެންދުރު 2:00 ގައެވެ.

މި ޓެލެތޯނާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއްށް މިއަދު ދިން އިންޓަވިއުއެއްގައި މިނިސްޓަރ ޚަލީލް ވިދާޅުވީ، ޓެލެތޯނަށް ހަދިޔާކުރި ފައިސާތައް ލިބުމާއެކު، އެންމެ އިސް ވާޖިބަކަށް ވެގެން ދާނީ އެ ފައިސާ ލަންކާ ރައްޔިތުންނާ ހަަަމައަށް ފޯރުކޮށްދިނުމަށްޓަކައި އެ ޤައުމުގެ ސަރުކާރާ ޙަވާލުކުރުން ކަމަށެވެ.

އަދި ފައިސާ ސްރީލަންކާ ސަރުކާރާ ހަވާލުކުރުމުގެ އިންތިޒާމުވެސް މިހާރު ހަމަަޖެހިފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 334 މީހުން މަރުވެ، 400 އާ ގާތްކުރާ އަދަދެއްގެ ބަޔަކު ގެއްލިފައިވާއިރު، 3،000 ގެ ހަލާކުވެ، 18،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައިކަމަށް އެޤައުމުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު