ޝަމީމް އަހައްމަދު (31އ)
ޝަމީމް އަހައްމަދު (31އ)
ކުށެއް ކުރާކަމަށް ހުޅުމާލޭ ފުލުހުންނަށް ޝައްކުވެގެން ހުއްޓުވި ބަނގްލަދޭޝް މީހެއްގެ ދަބަހުން ގިނަ އަދަދެއްގެ ބިޔަރު ދަޅު ފެނިގެން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ހުޅުމާލޭން ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަމީމް އަހައްމަދު (31އ) ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އިއްޔެ ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ހުޅުމާލެ އެމްޓީސީސީ ޓާމިނަލް ކައިރިން ސައިކަލެއްގައި ދިޔަ މީހެއް ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން ހުއްޓުވި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އަދި އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާ ގެންގުޅުނު ދަބަސް ތެރެއިން 72 ބިޔަރު ދަޅު ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ތަޙުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު