އެކުވެރި ޢަރަބި އިމާރާތުގެ އުމް އަލް ޤުވައިންގެ ޑެޕިޔުޓީ ރޫލަރ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
އެކުވެރި ޢަރަބި އިމާރާތުގެ އުމް އަލް ޤުވައިންގެ ޑެޕިޔުޓީ ރޫލަރ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

(ޔޫއޭއީ) ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މީސް މީޑިޔާގައި މިއަދު ޙިއްސާކުރެއްވި މެސެޖުގައި ރައީސް ވިދާޅުވީ ޔޫއޭއީގެ ޤައުމީ ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒަޔެދް އަލް ނަޙްޔާނަށާއި ރައްޔިތުންނަށް ދަންނަވާ ކަމަށެވެ.

ހަމައެއާއެކު އެކުވެރިކަމާއި އީޖާދީ ވިސްނުމާއި ކުރިއެރުމުގެ ތެރެއިން ލިބުނު ތަރައްޤީ ޔޫއޭއީގެ ޤައުމީ ދުވަސް ހަނދާންކޮށްދޭކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސްގެ މެސެޖްގައި ވަނީ ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުން ފާހަގަކުރަށްވާފައެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖޭން އެދޭކަމަށާއި، ދެޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ކުރިއަށް އޮތްތަނުގައިވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރަން ތައްޔާރަށް އޮތްކަމުގެ ޝައުޤުވެރިކަން ރައީސްގެ މެސެޖުގައި ވަނީ ފާޅުކުރަށްވާފައެވެ.

ދިވެހިރާއްޖެ އާއި ޔޫއޭއީ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކޮށްފައިވަނީ، 15 މާރޗް 1978 ގައެވެ.



ކިޔުންތެރިންގެ ހިޔާލު