ބ. ތުޅާދޫ، މަންޒަރުގެ، އުމުރުން 23 އަހަރުގެ މުޙައްމަދު ޝާވިން
ބ. ތުޅާދޫ، މަންޒަރުގެ، އުމުރުން 23 އަހަރުގެ މުޙައްމަދު ޝާވިން
މަކަރާއި ހީލަތުން އެކިމީހުންގެ އަތުން ފައިސާ ހޯދައި, އެފައިސާތައް ވިޔަފާރި އެކައުންޓްތަކަކަށް ޖަމާކުރުވައި، ނަގަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ސްކޭމް ކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ، މަންޒަރުގެ، އުމުރުން 23 އަހަރުގެ މުޙައްމަދު ޝާވިން ކަމަށެެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޑޮލަރުގެ މުޢާމަލާތްކުރާ ވައިބާ ގްރޫޕެއްގައި 1250 ޑޮލަރު އެހެން މީހެއްގެ އަތުން ހޯދައި، އެ ޑޮލަރަށްވާ ރުފިޔާ ދީފައި ނުދުނުމުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ މި މައްސަލާގައި ސްކޭމް ކޮށްގެން ހޯދި 1250 ޑޮލަރު ރިވަކޮށްފައިވާ ކަމަށެވެ. އަދި އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާ ވެސް ރިކަވާކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ޝާވިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު