ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް ވަކި ވަގުތެއް ކަނޑައެޅިފައި ނެތް ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕު ވިދާޅުވީ އެމެރިކާގެ ވަފުދަކުން ރަޝިޔާ އަދި ޔުކްރެއިންގައި މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި، އެ މަޝްވަރާ ތަކުން ކުރިއެރުން ތަކެއް ވެސް ލިބިފައިވާ ކަމަށެވެ. އަދި ރަޝިޔާ އިން ބައެއް ކަންކަމުގައި ލުއި ދީފައިވާ ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވިއެވެ.
އެހެން ނަމަވެސް، އެކަން ކަމުގެ އިތުރު އެއްވެސް ތަފްސީލެއް ޓްރަމްޕް ދެއްވާފައެއް ނުވެއެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި ޔޫރަޕުގެ ޤައުމު ތަކުން ވަރަށް ބޮަޑަށް ބާރު އަޅަމުން އަންނައިރު، ރަޝިޔާ އިން ވަނީ ހަރުކަށި ޝަރުތު ތަކެއް ކުރިމަތި ކޮށްފައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާ އިން ވަނީ ހަނގުރާމަ ހުއްޓާލައި، ސުލްޙަ ޤާއިމު ކުރުމަށް ޕްލޭނެއް ހުށަހަޅާފައެވެ. އެ ޕްލޭނަކީ ރަޝިޔާ އަށް ވަރަށް ބޮޑެތި ފައިދާ ތަކެއް ލިބިދޭ ގޮތަށް ހުށަހަޅާފައިވާ އަދި ޔުކްރެއިން އަށް ބަލިކަށި ޕްލޭނެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ޕްލޭނާ މެދު ކަންބޮޑުވުން ވެސް ފާޅު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު