ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމަނަން، ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މެމްބަރު ވިދާޅުވީ މި އިސްލާހު ހުށަހެޅުއްވީ މިސްކިތްތަކަށް ގެއްލުންދިނުން ތަކުރާރުވަމުން ދާތީ އެއީ މިސްކިތްތަކުގެ ކަރާމާތަށް އުނިކަން ލިބޭނެ ފަދަ އަމަލެއް ކަމަށްވާތީ ކަމަށެވެ.

މީގެ އިތުރުން ކުޑޫ ވިދާޅޫވީ މި އިސްލާހު ހުށަހެޅީ މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމަކަށްވާތީ ކަމަށެވެ.

މިފަހަކަށް އައިސް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިސްކިތްތަކަށާއި ތަކެއްޗަށް ގެއްލުން ދިނުން ދަނީ އާންމުވަމުންނެވެ.

އަދި ކަމާބެހޭފަރާތްތަކުން ދަނީ އެފަދަ މައްސަލަތައް ބަލައި މިސްކިތްތަކަށް ގެއްލުންދޭ މީހުނާއި މެދު ފިޔަވަޅު އަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު