އަހުމަދު ޝާހް   14 ނޮވެމްބަރު 2025 - 14:17
އަލިފާން ނިވާލުމުގައި ސިފައިން ހަރަކާތްތެރިވަނީ
އަލިފާން ނިވާލުމުގައި ސިފައިން ހަރަކާތްތެރިވަނީ
ހުޅުމާލެ ދެވަނަ ފިޔަވައްސާއި އެކުވެފައި އޮންނަ ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެ އަނދައިފިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެ އަނދަމުން ދަނީ ފަރުކޮޅުފުށީގައި ރިސޯޓު ހިންގިއިރު ބޭނުންކުރި، ވަރަށް ދުވަސްވެފައި ހުރި އިމާރާތެއްގައެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުނީ މެންދުރުފަހު 1:00 ހާއިރު ކަމަށެވެ. އަދި މެންދުރުފަހު 1:30 ހާއިރު އަލިފާންގަނޑު ނިއްވާލާފާއިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ފަރުކޮޅުފުށި މިހާރު އޮތީ ހުޅުމާލެ ކަންކަން ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައެވެ. އެ ރަށުގައި އެ ކުންފުނިން ކުއްޔަށްދޭ އިވެންޓު ސްޕޭސްތަކާއި ގުދަންތައް އަދި އެކި ސައިޓުތައް ހުރެއެވެ.

މި އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް ތަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގެއެވެ.



ކިޔުންތެރިންގެ ހިޔާލު