ހުޅުމާލޭ ފަޅުތެރޭގައި އޮތް ބޯޓެއްގައި ރޯވެ އަނދަނީ | ފޮޓޯ: މީސްމީީޑިއާ
ހުޅުމާލޭ ފަޅުތެރޭގައި އޮތް ބޯޓެއްގައި ރޯވެ އަނދަނީ | ފޮޓޯ: މީސްމީީޑިއާ
ހުޅުމާލެ ފަޅުތެރޭ އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަޅުތެރޭގައި އޮތް ބޯޓެއްގައި ރޯވެފައިވާ މަންޒަރު ފެނެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު