ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ، އެ ދެ ސިޓީގެ ތަރައްޤީއަށް ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް އިފްތިތާޙު ކުރަށްވައި، އެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފައެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅަކީ ސަރަހައްދީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދިން ދަތުރުފުޅެއް ކަމަށެވެ. ރައީސް މުޢިއްޒުގެ މިދަތުރުފުޅުގައި ވަނީ ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ސަރަހައްދީ ތަރައްޤީއާ މެދު ރައްޔިތުން ދެކޭ ތަސައްވުރު އޮޅުންފިލުއްވައި، ކުރިއަށް އޮތް މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ހަމައެއާއެކު ދެ ސިޓީގައިވެސް ވަނީ ތަފާތު ގިނަ ދާއިރާތަކުން ހިންގަވާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފައެވެ. އޭގެއިތުރުން ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯގެ ފުރަތަމަ އެއަރ ސްޓޭޝަން ރަސްމީކޮށް ރައީސް ވަނީ ހުޅުއްވައިދެއްވާފައެވެ.
މިދަތުރުގައި ރައީސް މުޢިއްޒުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެން، މަޝްރޫޢުތަކާ ގުޅުންހުރި އަދާހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވުމުގެ މަސައްކަތް ވެސް ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު