އަހުމަދު ޝާހް   1 ނޮވެމްބަރު 2025 - 10:36
ހިޔާ ޓަވަރު
ހިޔާ ޓަވަރު
ހިޔާގެ އަށްވަނަ ޓަވަރުން މީހަކު ވެއްޓި ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ހިޔާގެ އަށްވަނަ ޓަވަރުން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 08:32 ހާއިރު ކަމަށެވެ.

ހިޔާގެ އަށްވަނަ ޓަވަރުން ވެއްޓުނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އެމީހާ ވެއްޓިފައިވަނީ ހިޔާ 8 ވަނަ ޓަވަރުގެ 14 ވަނަ ފަންގިފިލާއިން ކަމަށްވެއެވެ.

ހަމައެއާއެކު ފުލުހުން ބުނީ އެ ޙާދިސާ އިތުރަށް ތަޙުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު