ހިޔާ ފްލެޓެއްގެ ބެލްކަނީގައި، އާންމުކޮށް ފެންނަ ގޮތަށް، އަންހެނަކާއި ފިރިހެނަކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައިސް، އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، ދެ ފަރާތް ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ ހިޔާ ފްލެޓް ސަރަހައްދުގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މި ވީޑިއޯގައި ބަޔަކު ޢާއްމުތަނެއްގައި، ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
ހިޔާ ފްލެޓް ސަރަހައްދަކީ 7،000 ފްލެޓް ހިމެނޭ ސަރަހައްދެކެވެ. ތޮއްޖެހިފައިވާ މި ސަރަހައްދުގައި، ގިނަ ފްލެޓްތަކުގެ ބެލްކަނިތައް ހުންނަނީ ގިނަ ބަޔަކަށް ފެންނަ ގޮތަށެވެ.
ރާއްޖޭގައި ޢާންމު ތަންތަނުގައި ބަދުއަޚުލާޤީ ޢަމަލު ހިންގުމަކީ ޤާނޫނީ އަދަބު ލިބޭނެ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު