މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އަށް 47 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އެގްޒޮޓިކް އެންޓަޕްރައިސަސް އަށް ހުކުމް ކޮށްފިއެވެ.
މިއީ، އެގްޒޮޓިކް އެންޓަޕްރައިސަސްއިން ރާއްޖެ އެތެރެކުރި 180 ކޭސް ކެމަލް ޔެލޯ ސިނގިރެޓާއި 300 ކޭސް މެންޗެސްޓާ ޔުނައިޓެޑް ރޯޔަލް ރެޑް ފިލްޓާ ސިނގިރޭޓް އަދި 100 އެމެރިކަން ލެޖެންޑު ސިނގިރޭޓް، ރާއްޖެ އެތެރެކޮށް އެގްޒޮޓިކް އެންޓަޕްރައިސަސްގެ ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ވަނިކޮށް ގެއްލުނު މައްސަލައެވެ.
އެގޮތުން ބޮންޑެޑް ވެއަރހައުސްގައި ހުރި ސިނގިރޭޓްގެ ތެރެއިން 15 ކޭސް ކެމަލް ޔެލޯ ސިނގިރޭޓް ފިޔަވައި އިތުުރު މުދަލެއް ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާކަމަށް ކަސްޓަމްސްގެ ރިކޯޑުތަކުން ފެންނާކަށް ނެތެވެ. އެހެންވެ ކަސްޓަމުން ވަނީ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާކަމަށް އެނގެން ނެތް މުދަލުގެ ޑިއުޓީގެ ގޮތުގައި 47.18 މިލިއަން ރުފިޔާ ދެއްކުމަށް އެގްޒޮޓިކް އެންޓަޕްރައިސަސް އަށް އަންގާފައެވެ.
ނަމަވެސް ކަސްޓަމްސް އިން ތަކުރާރުކޮށް އެންގުމުންވެސް އެގްޒޮޓިކް އެންޓަޕްރައިސަސްއިން އެ ފައިސާ ދައްކާފައި ނުވާތީ ކަސްޓަމްސް އިން ވަނީ އެ ފައިސާ އެކީ އެއް ފަހަރާ އެގްޒޮޓިކް އެންޓަޕްރައިޒަސްއިން ނަގައިދިނުމަށް އެދި މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
މި މައްސަލައިގެ ލިޔެކިޔުންތައް ސިވިލް ކޯޓުގެ ފަރާތުން އެގްޒޮޓިކް އެންޓަޕްރައިސަސްއަަށް ފޮނުވި ނަމަވެސް އެ ކުންފުނިން ދައުވާއަށް ރައްދުދީފައެއް ނުވެއެވެ. އަދި ދައުވާއާ ހަވާލުވިކަމުގެ ލިޔުންވެސް ސިވިލް ކޯޓަށް އެ ކުންފުނީގެ ފަރާތުން ފޮނުވާފައެއް ނުވެއެވެ. އެހެންވެ ކަސްޓަމުން އެދުނީ އެގްޒޯޓިކް އެންޓަޕްރައިސަސްގެ ޣައިރު ހާޒިރުގައި މި މައްސަލައިގެ ހުކުމް ކޮށްދިނުމަށެވެ.
އެހެންކަމުން ކަސްޓަމްސް އިން އެދުނު ގޮތަށް ސިވިލް ކޯޓުގެ ފަނޑިޔާރު އައިޝަތު އަޒްފާ އަބްދުލްޣަފޫރު ވަނީ 47،182،011.86 ރުފިޔާ ކަސްޓަމްސްއަށް އިއްޔެއިން ފެށިގެން 14 ދުވަހުގެ ތެރޭގައި ދެއްކުމަށް އެގްޒޮޓިކް އެންޓަޕްރައިސަސް އަށް އަންގައި ހުކުމްކޮށްފައެވެ.
ބޮންޑެޑްވެއާހައުސްތަކަކުން ސިނގިރޭޓް ކޭސްތަކެއް ގެއްލުނު މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ މައްސަލަ ފެންމަތިވުމާ ގުޅިގެން ކަސްޓަމްސް އިން ވަނީ އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާކޮށްފައެވެ.
އެގްޒޯޓިކް އެންޓަޕްރައިސަސްގެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރެޓު ގެއްލުނުކަން އެނގުނީ އެ ކުންފުނީގެ ހިއްސާ ބަދަލުކުރުމަށްފަހު ކަސްޓަމްސް އަށް އަންގައި އޭގެ ފަހުން ސްޓޮކް ގުނުމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ކުރިން ވަނީ ވިދާޅުވެފައެވެ.
ބޮންޑެޑް ވެއާހައުސެއްގައި ބަހައްޓާފައި ހުރި 575 ކޭސް ސިނގިރެޓް ވަގަށް ބޭރުކުރި މަރުހަލާގައި އެގްޒޯޓިކް އެންޓަޕްރައިސަސްގެ ހިއްސާ ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ ޕީއެންސީގެ މިހާރުގެ މެމްބަރު މުހައްމަދު ސިރުހާންއަށް ދީފައިވާކަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ހޯދުންތަކުންވަނީ އެނގިފައެވެ.
އެ މައްސަލާގައި ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ސިރުހާން އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެގްޒޯޓިކް އެންޓަޕްރައިސަސްއަކީ ގާނޫނުތަކާ އެއްގޮތަށް ރަޖިސްޓަރީ ކޮށްގެން ހިންގަމުން އައި ކުންފުންޏެއް ކަމަށް ވާތީ 2023 ގައި ލިބިވަޑައިގެންނެވި ފުރުސަތެއްގައި އެ ކުންފުންޏާ އޭނާ ގުޅިވަޑައިގެންނެވި ކަމަށެވެ.
އޭރުވެސް އެއީ ކަސްޓަމްސްގައި ބޮންޑެޑް ވެއާހައުސް ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް ކަމަށާއި އެކަމަކު އެކުންފުންޏާ ގުޅިވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވެ، ސިޔާސީ މަސައްކަތުގައި އުޅުއްވުމަށް ނިންމަވައި، އެކަމަށް ވަގުތު ހުސްކުރުމުގެ ގޮތުން، އެ ކުންފުނި ހިމެނޭ ގޮތަށް ދެންވެސް ހިއްސާ އޮތް އެހެން ކުންފުނިތަކުގެ ހިއްސާ ދޫކޮށްލައްވާފައިވާ ކަމަށް ސިރުހާން ވިދާޅުވި އެވެ.
"އަޅުގަނޑު އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ ބޯޑު ޑިރެކްޓަރަކަށް އަދި ހިއްސާދާރަކަށް ހުރި މުއްދަތުގައި ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް އެއްވެސް މުއާމަލާތެއް އެ ކުންފުނިން ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ސިރުހާންގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު