އޮކްސިޖަން ފުޅިއަކާ ނުލައި މައުންޓް އެވަރެސްޓަށް އަރާ ފޭބި ފުރަތަމަ މީހާގެ ލަގަބު 37 އަހަރުގެ ޕޮލިޝް އެތުލީޓެއް ކަމަށްވާ އެންޑްރޒެޖް ބާގިއެލް އަށް ލިބިއްޖެއެވެ.
މިއީ މިގޮތަށް ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓަށް މީހަކު އަރާ ފޭބި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ އޮކްސިޖަން ފުޅި ބޭނުން ނުކޮށް އެވަރެސްޓަށް އަރައި، ކުމްބޫ އައިސްފޯލް އާ ހަމައަށް ސްކީކޮށް ފައިބާފައެވެ.
އޭނާ މިކަން ހާސިލްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުތެރޭގައެވެ. އެގޮތުން 16 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ސެޕްޓެމްބަރު 22 ވަނަ ދުވަހު އޭނާ ވަނީ އެވަރެސްޓުގެ "ޑެތު ޒޯން" އަށް އަރާފައެވެ. މިއީ އޮކްސިޖަން ލެވެލްތައް ވަރަށް ދަށް ޒޯނެކެވެ. އެއަށްފަހު އޭނާ ވަނީ އޭނާގެ ސްކީ ގިއަރު އެޅުމަށްފަހު، ސައުތު ކޮލް ރޫޓުން ތިރިއަށް ފޭބުމުގެ ދަތުރު ފަށާފައެވެ.
ތިރިއަށް ފޭބުމަށް ފެށި ދަތުރު އޭނާ މެދުކަނޑާލީ ރޭގަނޑުވާން ފެށުމުންނެވެ. އެގޮތުން އެރޭ ކޭމްޕު 2 ގައި މަޑުކުރުމަށްފަހު އަނެއް ދުވަހު ދުވާލު އޭނާ ވަނީ ކުމްބޫ އައިސްފޯލް ސަތަހައްދުން ތިރިއަށް ސްކީ ކުރަން ފަށާފައެވެ. އަދި އޭނާގެ ބޭބެގެ ޑްރޯން އިން ރާސްތާ ދައްކައިދިނުމުން އޭނާ ވަނީ އެދުވަހު ބޭސް ކޭމްޕާ ހަމައަށް ވާސިލް ވެފައެވެ.
ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓަށް އެރުމާ ބެހޭގޮތުން ވާހަކަދައްކަމުން، ބާގިއެލް ބުނީ އެހެން އެކްސްޕެޑިޝަންތައް ބަންދުވެފައިވާތީ، އެވަރެސްޓަށް އަރަން ވަރަށް އުނދަގޫވި ކަމަށެވެ. އޭނާ ބުނީ އޮކްސިޖަން ފުޅިއަކާ ނުލައި 8000 މީޓަރު މަތީގައި 16 ގަޑިއިރު ހޭދަކުރެވޭނީ ވަރަށް ތައްޔާރު ވެގެން ހުރެގެން ކަމަށެވެ.
މިހާތަނަށް 6000 އަށްވުރެ ގިނަ މީހުން މައުންޓް އެވަރެސްޓަށް އަރާފައިވީނަމަވެސް، އޮކްސިޖަން ފުޅި ރިފިލް ނުކޮށް މިކަން ކޮށްފައި ވަނީ 200 އަށްވުރެވެސް މަދު މީހުންނެވެ. އަދި މިގޮތަށް އެވަރެސްޓަށް އޮކްސިޖަނާ ނުލާ އަރައި އަނބުރާ ތިރިއަށްވެސް އޮކްސިޖަން ބޭނުން ނުކޮށް ފޭބުމަކީ މިއީ އަދި އަލަށް މީހަކު ހާސިލް ކުރި ލަނޑުދަނޑިއެކެެވެ.

@redbullsnow Skiing history has just been made! Andrzej Bargiel 🇵🇱 just became the first person to climb up and ski down Mount Everest without supplementary oxygen 🗻 #redbull #givesyouwiiings #energydrink #skitok #worldfirst ♬ Originalton - Red Bull Snow
މިހާތަނަށް 6000 އަށްވުރެ ގިނަ މީހުން މައުންޓް އެވަރެސްޓަށް އަރާފައިވީނަމަވެސް، އޮކްސިޖަން ފުޅި ރިފިލް ނުކޮށް މިކަން ކޮށްފައި ވަނީ 200 އަށްވުރެވެސް މަދު މީހުންނެވެ. އަދި މިގޮތަށް އެވަރެސްޓަށް އޮކްސިޖަނާ ނުލާ އަރައި އަނބުރާ ތިރިއަށްވެސް އޮކްސިޖަން ބޭނުން ނުކޮށް ފޭބުމަކީ މިއީ އަދި އަލަށް މީހަކު ހާސިލް ކުރި ލަނޑުދަނޑިއެކެެވެ.
ކިޔުންތެރިންގެ ހިޔާލު