ތިލަފުށީގައި އޮތް ލޯންޗެއް
ތިލަފުށީގައި އޮތް ލޯންޗެއް
ތިލަފުށިން ލޯންޗެއް ވަގަށްނެގި ދެ މީހެއްގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ތިލަފުށީ ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގުމަށްފަހު، އެ ލޯންޗަށް ގެއްލުންދީ، ލޯންޗުގެ އިންޖީނުގެ ގިއަރެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ށ. ފޯކައިދޫ, ޗަނބޭލީގޭ، ހަސަން ރަޝީދު އަހްމަދު އާއި ށ. ފޯކައިދޫ، ޝިއުމާމަންޒިލް، އިބްރާހީމް މަމްދޫހެވެ.

މިދެމީހުންގެ ބަންދު އަމުރުގައިވާ ގޮތުން ދެމީހުންވެސް ވަނީ ފުލުހުން އެމީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިއުތިރާފުވެފައެވެ.

އެހެންކަމުން ބަންދު މަޖިލިސް ކުރިއަށްގެންދެވި ޤާޟީ ސޮފްވަތު ހަބީބު ވަނީ، އެ ދެ މީހުންނަކީ ބަންދު ރިކޯޑެއް އޮންނަ ބަޔަކަށް ނުވާތީ، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އިއުތިރާފުގެ އެއްބަސްވުމެއް ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ލިބިގެންވާކަން ދެމީހުންނަށްވެސް އަންގައިފައެވެ.

އަދި ކޯޓުން އެ ދެ މީހުންގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު