ފުލުހުންގެ ހިދުމަތަށް 2022 ވަނަ އަހަރު ގެނައި ބޮޑީވޯން ކެމެރާތައް ގެނައުމުގައި ކޮރަޕްޝަން ހިންގާފައި ނުވާނެ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހަމީދު މިިހެން ވިދާޅުވީ ބޮޑީ ކެމް ގެނައުމުގައި، ހަމީދުގެ މައްޗަށް ކޮރަޕްޝަނަށް ޝައްކުކުރެވޭ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ބުނެ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެކަމަށް ރައްދު ދެމުން ނެރުނު ބަޔާނެއްގައެވެ.
ހަމީދުގެ އަމިއްލަ ބްލޮގުގައި ޝާއިއުކުރި މި ބަޔާނުގައި އޭނާ ވިދާޅުވީ 2016 ވަނަ އަހަރު ޒެޓާ އެންޓަޕްރައިސަސްގެ ދަށުން ޒެޓާ ޓެކްނޮލޮޖީ ވުޖޫދުވީއްސުރެ ރާއްޖެއަށް އެކްސޮން ބްރޭންޑްގެ އުފެއްދުންތައް އެތެރެކުރަމުންދަނީ އެ ކުންފުނި މެދުވެރިކޮށް ކަމަށެވެ.
އަދި ބޮޑީ ވޯން ކެެމެރާ ގަތުމަށް ޕްރޮޕޯސަލް ހުށަހެޅުމުން އޮންނަ އުސޫލުގެ ދަށުން ފުލުހުންގެ ތެރެއިން ޓެކްނިކަލް އަދި އޮޕަރޭޝަނަލް ޓްރަޔަލްތަކާއި އިންޓާނަލް އިވެލުއޭޝަނާއި ޓެންޑަރިން ޕްރޮސެސް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ޕްރޮކިއުމަންޓް ކުރިއަށް ގެންގޮސްފައިވަނީ ހަތަރު އަހަރު ދުވަހުން ފައިސާ ދައްކާ ނިންމާ ގޮތަށް ކަމަށެވެ.
އޭގެ ފަހުން ބިޑު ކާމިޔާބު ނުކުރެވުނު ފަރާތަކުން އެ މައްސަލަ އޭސީސީއަށްވެސް ހުށަހެޅި ކަމަށާއި ނަމަވެސް މައްސަލަ ނިންމާފައިވަނީ އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭކަމަށް ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.
ކޮމިޝަނަރުކަމުން ރިޓަޔާކުރެއްވުމަށްފަހު، ހަމީދު އެ ކުންފުނީގެ ވަޒީފާއަށް ނިކުންނަވައި އެ ތަކެތި ޕްރޮމޯޓް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި ހަމީދު ވިދާޅުވީ އެކުންފުނީގެ ވަޒީފާއަށް ހަމީދު ނުކުންނެވީ ރިޓަޔާކުރެއްވިތާ ދޮޅު އަހަރު ފަހުން ކަމަށެވެ.
"އަޅުގަނޑު ކޮމިޝަނަރު ކަމުން ރިޓަޔާކުރިތާ ދޮޅު އަހަރުފަހުން ޒެޓާއިން އަޅުގަނޑަށް އެޕްރޯޗްކުރީ އެކުންފުނީގެ މި ސަރަހައްދުގެ ޖެނެރަލް މެނޭޖަރުކަމަށް. އަޅުގަނޑު އެ ވަޒީފާ ގަބޫލުކުރިން، އެއީ އެ ކުންފުނިން އަޅުގަނޑަށް އެޕްރޯޗްކުރީ ނުފޫޒުގެ ސަބަބުންނެއް ނޫން، މި ދާއިރާގައި އަޅުގަނޑުގެ ތަޖުރިބާ ހުރީމަ، ފުލުހުންގެ ތެރޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން އައިސް ބޮޑީ ވޯން ކެމެރާ އާއި އެއްޗެހި ތައާރަފްވެގެން އައިއިރު އަޅުގަނޑު އެކަމުގައި އިސްކޮށް އުޅުނީމަ މި ދާއިރާގައި އަޅުގަނޑުގެ ވަރަށް ބައިވަރު ތަޖުރިބާ އެބަހުރި،" ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ފުލުހުންގެ ވަޒީފާއިން ރިޓަޔާވުމަށްފަހު ޓެކްނޮލޮޖިކަލް އުފެއްދުންތައް ސަރުކާރުގެ މުއައްސަސާތަކަށް ފޯރުކޮށްދޭ އެހެން ކުންފުނިތަކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނާ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ޒެޓާގެ ވަޒީފާއަށް އޭނާ ވަޑައިގަތީ "ކޫލިން ޕީރިއަޑް" ނިންމާފައިކަމަށަވެސް ހަމީދު ވިދާޅުވިއެވެ.
މި މައްސަލައިގައި އެހާ ހާމަކަން ބޮޑުކޮށް ވާހަކަދެއްކެވީ ފެތުރޭ ދޮގު ހަބަރު ނުވަތަ މިސްލީޑިން އަޑުތަކުގެ ސަބަބުން އޭނާގެ އިންޓެގްރިޓީއާމެދު އާންމުންގެ މެދުގައި ސުވާލު އުފެދޭތީ ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.
އަދި މި މައްސަލައިގައި ތެދުވެރިކަމާއެކު ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ހަމީދު ވަނީ އިދާރާތަކަށް ގޮވާލައްވާފައެވެ. ހަމީދު ވިދާޅުވީ މިކަމުގައި ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އިދާރާތަކަށް ދޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު