ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަމަހު އަލަށް 144 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އަލަށް 144 މީހަކު މިދަފްތަރުގައި ރަޖިސްޓްރީކޮށްފައި ވެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 14،790 މީހަކަށް މާލީ އެހީގެ ގޮތުގައި 52.8 މިލިއަން ރުފިޔާ ދަޢުލަތުން ވަނީ ޚަރަދުކޮށްފައެވެ.

އެގޮތުން އެސިސްޓިވް ޑިވައިސްތަކަށް 3.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި ހިއަރިންގް އެއިޑް، ބައިޕެޕް މެޝިން، ވީލްޗެއަރ އަދި އޮކްސިޖަން ކޮންސެންޓްރޭޓަރ ފަދަ ތަކެތި ހިމެނެއެވެ. އޭގެތެރެއިން އެންމެ ގިނައިން ފޯރުކޮށްދީފައިވަނީ 33 ހިއަރިންގް އެއިޑާއި 30 ބައިޕެޕް މެޝިން އަދި މާސްކެވެ.

އޭގެއިތުރުން ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި 25،640 ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި އެހީ 698 މީހަކަށް ފޯރުކޮށްދީފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު