ޕްރިންސިޕަލުންގެ މަހާސިންތާ ފެށުން
ޕްރިންސިޕަލުންގެ މަހާސިންތާ ފެށުން
210 ޕްރިންސިޕަލުންނާއެކު ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ ފަށައިފިއެވެ.

ކްރޮސް ރޯޑްސް މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއަހަރުގެ ޕްރިންސިޕަލުންގެ މަހާސިންތާ ބާއްވަނީ މުދައްރިސުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށް ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

"ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގައި ދިވެހިރާއްޖޭގެ 210 ސްކޫލުގެ ޕްރިންސިޕަލުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ 50 އޮފިޝަލުން ބައިވެރިވާނެ." ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މިފަހަރުގެ މަހާސިންތާގައި މުދައްރިސުން ތަމްރީންކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ. އޭގެއިތުރުން ސީދާ މުދައްރިސުންގެ ލެވަލްގައި މަޝްވަރާކޮށްގެން ހަޤީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެކަން ތައުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.

ޕްރިންސިޕަލުންގެ މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މަހާސިންތާއެކެވެ.



ކިޔުންތެރިންގެ ހިޔާލު