ކުޅުދުއްފުށި ސިޓީގައި ހިމެނޭ ތިން ސްކޫލްގެ ވަސީލަތްތައް ތަރައްގީ ކުރުމަށާއި ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވުމުގެ ގޮތުން، ކޮންމެ ސްކޫލަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމައި އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
ސިޓީ ކައުންސިލުން މި އެހީ ދިނުމަށް ނިންމާފައިވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލްގެ އިތުރުން ޖަލާލުއްދީން ސްކޫލަށެވެ. މިއީ "ސްކޫލް ގްރާންޓް" ގެ ނަމުގައި އެ ސިޓީގެ ކައުންސިލުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެހީއެކެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ގްރާންޓް ތައާރަފް ކުރުމުގެ މައިގަނޑު މަގްސަދަކީ ސްކޫލްތަކުގެ ވަސީލަތްތައް ތަރައްގީކޮށް، ތައުލީމީ ފެންވަރު މަތިކުރުމެވެ. މީގެ އިތުރުން، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގާ ތަފާތު ހަރަކާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސްކޫލްތަކުގެ ޕީޓީއޭއިން ފަންޑު ހޯދުމަށް ކުރާ ބުރަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީވެސް މި ގްރާންޓް ދިނުމުގެ މަގްސަދެކެވެ.
މި ފަހަރުގެ ގްރާންޓް ދޫކޮށްފައިވަނީ ސްކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައިވާ ކަންކަން ހާސިލްކުރުމަށެވެ. މީގެކުރިން 2024 އަދި 2025 ވަނަ އަހަރަށް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ދޫކޮށްފައިވެއެވެ.
އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުން 2022 ވަނަ އަހަރު ވަނީ ކޮންމެ ސްކޫލަކަށް 50،000 ރުފިޔާގެ އެހީއެއް ފޯރުކޮށްދީފައެވެ. މިއީ އެ ސިޓީގެ ތައުލީމީ އިދާރާތައް ހަރުދަނާ ކުރުމަށް ކައުންސިލުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު