ކަމަކާ ހާސްވެ ފިކުރު ބޮޑުވެފައި-
ކަމަކާ ހާސްވެ ފިކުރު ބޮޑުވެފައި-
އިންސާނީ ދިރިއުޅުމަކީ ގިނަ ގޮންޖެހުންތަކާއި ފިއްތުންތަކުން ފުރިފައިވާ ދިރިއުޅުމެކެވެ. ދުނިޔޭގެ ކޮންމެ މީހަކަށް ވެސް އެކި ދުވަސްވަރު ސިކުނޑީގެ ޕްރެޝަރާއި ނުތަނަވަސްކަން ތަޖުރިބާ ކުރެވެއެވެ. މިފަދަ ވަގުތުތަކުގައި، ހަމަޖެހިގެން ހުރެ، ކުރިމަތިލާންޖެހޭ މައްސަލަތަކަށް ހައްލެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ސިކުނޑިއަށް ޕްރެޝަރު ބޮޑުވާ ވަގުތުތަކުގައި ހަމަޖެހިލުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށް މިފަހަދު އަލިއަޅުވާލާނަމެވެ.

އެގޮތުން ޕްރެޝަރު ބޮޑުވާ ވަގުތުތަކުގައި ހަމަޖެހުމަށް އެންމެ އަވަސް އަދި އެންމެ ފަސޭހަ އެއް ގޮތަކީ ނޭވާލުމަށް ސަމާލުކަން ދިނުމެވެ. މިކަން ކުރެވެނީ ނޭވާލާ ގޮތް ބަދަލުކޮށްގެނެވެ. މަޑުމަޑުން ގަދައަށް ނޭވާލާފާއި އިރުކޮޅަކު ހިފަހައްޓާލާފައި މަޑުމަޑުން ނޭވާ ބޭރުކުރުމަކީ ހިތް ހަމަޖެއްސުމަށް އެހީވެދޭނެ ކަމެކެވެ. މިގޮތަށް ހެދުމުން ސިކުނޑިއަށް އޮކްސިޖަން ލިބި ހަށިގަނޑު ހަމަޖެހެއެވެ.

ހަށިގަނޑު ހަރަކާތްތެރިކުރުމަކީ ވެސް ސިކުނޑީގެ ޕްރެޝަރު ކުޑަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމެކެވެ. ކަސްރަތުކުރުމަކީ ހަށިގަނޑަށް އެނަރޖީ ލިބި، ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ދުވާލަކު ކުޑަ ވަގުތުކޮޅަކަށް ހިނގާލުމަކީ ނުވަތަ ކޮންމެވެސް ކަސްރަތެއް ކުރުމަކީ ވެސް ޕްރެޝަރު ބޮޑުވެފައި ހުންނަ ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. ޚާއްސަކޮށް، ދިރިއުޅޭ މާހައުލުގައި ހިނގާލުމަކީ ތާޒާވުމަށް ވަރަށް ރަނގަޅު ގޮތެކެވެ.

ރަނގަޅަށް ނިދުމަކީވެސް ސިކުނޑީގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ. ދުވާލަކު 7-8 ގަޑިއިރު ނިދުމަކީ ހަށިގަނޑު އަރާމުކޮށް، ސިކުނޑިއަށް ލިބިފައިވާ ބުރަ ކުޑަކޮށްދޭނެ ކަމެކެވެ. ގަވާއިދުން ނިދުމަށް އާދަކުރުމަކީ ސިކުނޑި ހަމަޖައްސައިދޭނެ އަސާސީ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމެވެ. ހަމަ ނިދި ހޯދުމާއެކު އަދދުވަހުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރުމަކީ ވެސް ޕްރެޝަރު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު