ކ. ކާށިދޫ އުތުރު އަވަށު ވަލުތެރެއިން މަސްތުވާތަކެއްޗާއެކު ދެ މީހުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ މިމަހުގެ ހަތްވަނަ ދުވަހު ކާށިދޫ ޕޮލިސް ސްޓޭޝަނުން މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި އޮޕަރޭޝަނުގެ ތެރެއިން، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ކާށިދޫ / ސާދާގެ، އުމުރުން 46 އަހަރުގެ އަޙްމަދު ފިރާގާއި ހަމަ އެރަށު ޝަރަފް، އުމުރުން 43 އަހަރުގެ ސާލިމް ނަޞީރެވެ.
އެދެމީހުން ހައްޔަރުކޮށް، އެމީހުންގެ ހަށިގަނޑާއި އެވަގުތު ތިބިތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 110 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 10.6 ގްރާމެވެ.
މިމައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ފިރާޤަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާއިރު ސާލިމް ނަޞީރަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު