މަޝްހޫރު އިޤްތިޞާދީ މާހިރު މުޙައްމަދު ނަސީމް (ނަފާ ނަސީމް)
މަޝްހޫރު އިޤްތިޞާދީ މާހިރު މުޙައްމަދު ނަސީމް (ނަފާ ނަސީމް)
މި ގައުމުގައި ޤާނޫނު ހިނގަނީ ދެރަނިކަމެތިންނަށާއި ސަރުކާރާއި ވެރިންގެ ހަތުރުންނަތޯ ވިދާޅުވެ، މަޝްހޫރު އިޤްތިޞާދީ މާހިރު މުޙައްމަދު ނަސީމް (ނަފާ ނަސީމް) ސުވާލުކުރައްވައިފިއެވެ.

ނަސީމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބު އިބްރާހިމް ފިލައިގެން އުޅުމަށް އެހީތެރިވެދިނުމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

ޝަހީބުގެ އަންހެނުން ހައްޔަރުން ދޫކޮށްލުމަށްފަހު ފުލުހުން ބުނެފައިވަނީ، ޝަހީބު، ފުލުހުންނަށް ފިލައިގެން އުޅެން އެހީތެރިވެފައިވަނީ އޭނާގެ އަންހެނުން މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި ޝަހީބުގެ އަންހެނުން ދޫކޮށްލިއަސް، ޝަހީބު ފިލައިގެން އުޅުމަށް އެހީތެރިވެދިނުމުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަސީމް ވަނީ މިގައުމުގައި ގާނޫނު ހިނގަނީ ދެރަނިކަމެތިންނަށާއި، ސަރުކާރާއި ވެރިންގެ ހަތުރުންނަށްތޯ ސުވާލުކުރައްވާފައެވެ.

އަދި ސިޔާސީ 'ބިކާރީންނަށާ' ވެރީންނަށް ބޭނުން އެއްޗެއް ބުނެވި، ދޮގު ހަދައި މަކަރު ހަދައި ވައްކަން ކުރެވޭކަން ފާހަގަކުރަމުން އޭނާ ވަނީ އެފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރެވޭނެތޯ ވިދާޅުވެފައެވެ.

ހަމައެއާއެކު އޭނާ ވަނީ ވެރިންކުރާ ގޯސްކަމެއް ހިތުލުމަކީވެސް ޤާނޫނީ ކުށެއްތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. އަދި މިއީ ލާމަސީލު އިންސާފުތޯވެސް އޭނާ ވިދާޅުވިއެވެ.

ޝަހީބުގެ އަންހެނުން ހައްޔަރުކުރި މައްސަލައިގައި ފުލުހުންގެ އިދާރާއަށާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު