ވިވެ ސޯއި ބްރޭންޑުގެ އުފެއްދުންތައް-
ވިވެ ސޯއި ބްރޭންޑުގެ އުފެއްދުންތައް-
ދުނިޔޭގެ މަޝްހޫރު ޕަސްކުއަލް ކުންފުނީގެ އުފެއްދުމެއް ކަމަށްވާ "ވިވެ ސޯއި" ބްރޭންޑުގެ ތަފާތު އެކި ކިރުގެ ރަހަތައް ދައްކާލުމަށް އެސްޖޭ މޯލްގައި ހާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

އެގޮތުން މި ހަރަކާތް ކުރިއަށްގެންދާނީ ބުރާސްފަތި ދުވަހު ހަވީރު 17:00 އިން ފެށިގެން، ހުޅުމާލޭގައި ހުންނަ އެސްޖޭ މޯލްގައެވެ.

މި ރަހަ ދެއްކުމުގެ ސެޝަންގައި 'ވިވެ ސޯއި' ކިރު ގެ 4 ފްލޭވާއެއްގެ ރަހަ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސޯއި، ސޯއި ވެނީލާ، އޯޓް އަދި އަލްމަންޑު އެވެ.

ސްޕެއިންގެ އުފެއްދުމެއް ކަމަށްވާ ވިވެ ސޯއިގެ ކިރަކީ އެއްވެސް ޖަނަވާރެއް ބޭނުންކުރުމެއްނެތި، 100 އިންސައްތަ ގަހުގެ ބާވަތްތަކުން އުފައްދާފައިވާ ކިރެކެވެ.

މިއީ ހަށިގަނޑަށް ވަރަށް ފައިދާހުރި އަދި އަދުގެ ދިރިއުޅުމުގެ ސްޓައިލާ ގުޅޭ ބުއިމެކެވެ. މި ކިރުގައި ސެޗުރޭޓެޑް ފެޓު ހިމެނެނީ ވަރަށް މަދުންނެވެ. މިކަމުގެ ސަބަބުން މި ބޭނުން ކުރުމުން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދެއެވެ. އަދި މީގައި ގިނަ އަދަދަކަށް ކެލްސިއަމް ހިމެނޭތީ، މި ބޭނުން ކުރުމުން ކަށިތަކާއި ދަތްތައް ދުޅަހެޔޮކަންމަތީ ބަހައްޓައި ދެއެވެ.

މީގައި ގިނަ އަދަދަކަށް ވިޓަމިންވެސް ހިމެނެއެވެ. އެގޮތުން މީގައި އެކުލެވޭ ވިޓަމިން ޑީ ގެ ސަބަބުން ކާބޯތަކެތިން ކެލްސިއަމް ނަގައި ދިނުމަށް އެހީވެދެއެވެ. އަދި މީގައި ހިމެނޭ ވިޓަމިން ބީ 12 އަކީ ދިފާއީ ނިޒާމުގެ މަސައްކަތްތައް ރަނގަޅު ކުރުމަށް އެހީތެރިވެދޭ އަދި ވަރުބަލިވުމާއި ވަރުދެރަވުން ކުޑަކޮށްދޭ މާއްދާއެކެވެ.

ވިވެ ސޯއި ކިރަކީ އެއްވެސް ވަރަކަށް ލެކްޓޯސް ނުހިމެނޭ ކިރުގެ ބާވަތެއް ކަމުން، މިއީ ލެކްޓޯސް ބޭނުން ނުކުރެވޭ ފަރާތްތަކަށާއި، ގެރިކިރަށް އެލާޖިކްވާ ފަރާތްތަކަށް ބަރާބަރު އުފެއްދުމެކެވެ.

ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބިދޭ ވިވެ ސޯއި ބްރޭންޑުގެ ކިރު ތަފާތު އެކި ގޮތްގޮތަށް ބޭނުން ކުރެވޭނެއެވެ. އެގޮތުން ކޮފީ ގިރުމަށާއި، ފޮނިކާތަކެތި ހެދުމަށާއި، ތަފާތު އެކި ކާއެއްޗެހި ހެދުމަށް މި ކިރު ބޭނުން ކުރެވޭނެއެވެ. އަދި ހަމަ އެފަދައިން ހެނދުނުގެ ނާސްތާ ގަޑީގައި ސީރިއަލް ފަދަ އެއްޗެއްސާއެކުވެސް މި ރަހަމީރު ކިރު ބޭނުން ކުރެވޭނެއެވެ. މިއީ ހުހަށްވެސް ބޭނުން ކުރެވޭ ކިރެއްކަމުން ކަސްރަތު ކުރުމަށްފަހު ގައިގެ ވަރު ޖައްސާލަންވެސް މި ކިރު ބޭނުން ކުރެވޭނެއެވެ.

މާދަމާ ހަވީރު އެސްޖޭ މޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަހައްދައްކާލުމުގެ ސެޝަންގައި އެންމެންނަށްވެސް މި މީރު ރަހަތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިފަދަ ފައިދާހުރި ބުއިންތަކަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކަށް މިއީ މި ކިރުގެ ރަހަ ބަލާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.



ކިޔުންތެރިންގެ ހިޔާލު