ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް މާލޭގައި ކުރިއަށް އެބަދެއެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގައި މިވަގުތުވެސް ހިނގަމުންދާ މިއޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް، މާލޭގައި ފުލުހުން ގެންދަނީ އޮޕަރޭޝަނެއް ހިންގަމުން ކަމަށެވެ.

މި އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން، މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރެވެންހުރި މިންވަރަކަށް މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މާލޭގެ އިތުރުން މާފުށީގައިވެސް ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު