ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
އިޒްރޭލުން ޤަތަރުގެ ވެރިރަށް ދޯހާއަށް ދިން ޙަމަލާ އަކީ ވަރަށް ފިނޑި ޢަމަލެއް ކަމަށް ސިފަކުރަށްވައި، އެ ޙަމަލާ ރައީސް މުހައްމަދު މުއިއްޒު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އިޒްރޭލުގެ ޙަމަލާ ކުށްވެރި ކުރައްވައި، ރައީސް ވަނީ، އިޒްރޭލުގެ މި ޙަމަލާއަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، އަދި ކަނޑައެޅިގެން ޤަތަރުގެ ސިޔާދަތާއި ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއްގެ ގޮތުގައި ސިފަކުރަށްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ރާއްޖެ ދެމިއޮތީ ޤަތަރާ އެކުގައިކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ އުސޫލުތަކާއި ޤަވާއިދުތަކާ ޚިލާފަށް، އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންގެންދާ ޖަރީމާތަކަށް އެ ޤައުމު ޖަވާބުދާރީ ކުރުވުމަށް، ގުޅިފައިވާ ރޫޙެއްގައި ފިޔަވަޅު އެޅުން އަވަސްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށްވެސް ރައީސް ގޮވާލައްވާފައިވެއެވެ.

އިއްޔެގެ ޙަމަލާއާ ގުޅޭގޮތުން އިޒްރޭލުން ބުނީ އެ ޤައުމުން ޙަމަލާދިނީ ޤަތަރުގައި ޙަމާސްގެ އޮފިޝަލުން ތިބި އިމާރާތަކަށް ކަމަށެވެ.

ނަމަވެސް އެ ޙަމަލާއިން ޙަމާސްގެ އޮފިޝަލުން ސަލާމަތްވެފައިވާކަމަށް އެޖަމާޢަތުން ބުނެފައިވާކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު