ށ. ފޭދޫ / ޒަމާނީވިލާ، 27 އަހަރުގެ މުހައްމަދު ޝާމް
ށ. ފޭދޫ / ޒަމާނީވިލާ، 27 އަހަރުގެ މުހައްމަދު ޝާމް
ށ. ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، ށ. ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޭދޫ ޕޮލިސް ޕޯސްޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މަހު 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / ޒަމާނީވިލާ، 27 އަހަރުގެ މުހައްމަދު ޝާމް އެވެ.

އޭނާ ހައްޔަރުކުރީ، ކުޅުދުއްފުށިން ފުރައިގެން ފޭދޫއަށް ދިޔަ ފެރީ ދޯންޏަކުން އޭނާ ފޭބުމުން، ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ސެލޯފިންކޮޅު ފެނުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ޝާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ އެއިދާރާއިން ގެންދަނީ މި މައްސަަލަ ތަހުގީގު ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު