ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލަށް ބަޔަކު ފޮނުވި އިންޒާރުގެ އީމެއިލްއަކާ ގުޅިގެން ފުލުހުން އެ ސްކޫލް ބަލައި ފާސްކޮށްފިއެވެ.
ފުލުހުން މިއަދު މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވެފައިވަނީ އިންޒާރުގެ އީމެއިލަކާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން ނުރައްކަލެއް އޮތްކަމަށް ނުބެލެވޭކަމަށް މަޢުލޫމާތުލިބެއެވެ.
އާއްމު އުސޫލުން އިންޒާރުގެ ރިޕޯޓެއް ލިބިއްޖެނަމަ ސަލާމަތީ ކަންކަން ޔަގީން ކުރުމަށް ފުލުހުން ގޮސް އެތަނެއް ބަލައި ފާސްކޮށް ހަދައެވެ.

ކިޔުންތެރިންގެ ހިޔާލު