އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ)
އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ)
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރުމަށް ނިންމައިފިއެވެ.

ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މިދިޔަ ޖުލައި މަހުގެ 19 ގައި ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނޭ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އަކީ ފުލުހެއް ކަމަށް ފުލުހުން މީގެކުރިން ހާމަކޮށްފައިވެއެވެ.

އެ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ އާއި އިތުރު މީހަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.

ފުލުހުން ބުނީ އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސް ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ.

އެމައްސަލައިގެ އަދާހަމަ މީޑިއާތަކަށް ހިއްސާ ކުރަމުން ފުލުހުން ބުނީ ޝިޔާޒާގެ މައްސަލަ ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑުން ވަނީ އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު