މަރްޔަމް ނަހްދާ ވަޙީދު   5 ސެޕްޓެމްބަރު 2025 - 15:15
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ-
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ-
މަސްތުވާތަކެތިކަމަށް ބެލެވޭ ޕެކެޓުތަކަކާއެކު މ. މުލިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރުއްކަރަ، މ.މުލީ ނައުފަލް އަޙްމަދު 33އ. އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 31 ރަބަރު ޕެެކެޓު ފެނުމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

‎މި މައްސަލަ ފުލުުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު