އެމްއެސްއެސްގެ މުދާ އުފުލާ ބޯޓެއް-
އެމްއެސްއެސްގެ މުދާ އުފުލާ ބޯޓެއް-
އޮންލައިނުކޮށް ތަފާތު އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ގަންނަ މުދާ ރާއްޖެ އެތެރެކުރުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަމުންދަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިންނެވެ.

އެމްއެސްއެސްއަކީ ރާއްޖެއާއި ބައިނަލްއަޤްވާމީ ވިޔަފާރި އާއި ގުޅުވައިދީ، އިތުބާރު ހުރި ޝިޕިންގ އަދި ލޮޖިސްޓިކްސް ޚިދުމަތްތަކެއް ދިވެހި ރައްޔިތުންނަށާއި ދިވެހި ވިޔަފާރިވެރިންނަށް ފޯރުކޮށްދެމުންދާ ނަމޫނާ ބައިވެރިއެކެވެ.

ޓެމޫ، ޝެއިން، އަދި އެމެޒަން ފަދަ އީކޮމާސް ޕްލެޓްފޯމުތައް މެދުވެރިކޮށް ގަންނަ މުދާތައް މާލެ ގެނައުމުގައި އެމްއެސްއެސްގެ ރޯލު:

އެމްއެސްއެސްއިން އީކޮމާސް އޯޑަރުތަކުން ގެންނަ މުދާތައް އުފުލަނީ ކަނޑުމަގުންނެވެ. މިގޮތަށް ކަނޑުމަގުން މުދާ އުފުލަނީ އަގުހެޔޮ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

ކަނޑުމަގުން ދުއްވާ އުޅަނދުތަކުގައި އެއްފަހަރާ އެތައްހާސް ކޮންޓެއިނަރުތަކެއް އުފުލެއެވެ. މީގެ ސަބަބުން އުޅަނދު ހިންގުމަށް ބޭނުންވާ ހަރަދުތައް ގިނަ މުދާތަކެއްގެ މައްޗަށް ބަހާލެވެއެވެ. މި ސަބަބާހުރެ އާންމުކޮށް ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން ކޮންޓެއިނަރަކަށް ނަގާ އަގު އެހެން ގޮތްތަކަށް އުފުލާ މުދަލާ އަޅާބަލާއިރު ކުޑަވެއެވެ.

ކަނޑުމަގުން މުދާ ގެންނައިރު މުދާ ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު ދިގުވި ނަމަވެސް، އުފުލުމުގެ ޚަރަދު ކުޑަވުމުން އެ ތަފާތު ފޫބެއްދޭ ކަމަށް އެމްއެސްއެސްއިން ބުނެއެވެ.

ކަނޑުމަގުން މުދާ އުފުލުމަކީ ގިނަ މުދާ އެއްފަހަރާ އުފުލުމަށް އެންމެ އެކަށީގެންވާ ގޮތްކަމުން އެމްއެސްއެސް މެދުވެރިކޮށް އީކޮމާސް އޯޑަރުތައް ގެންނަ ނަމަ، އެ އޯޑަރުތަކަށް އެންމެ ބޮޑު ޖާގައާއި ވޮލިއުން ހޯދައިދެއެވެ.

މިގޮތަށް ކަނޑު އުޅަނދުތަކުން މުދާ އުފުލާނަމަ ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ. އެގޮތުން އެކި ބާވަތުގެ މުދާ އުފުލުމުގައި ފަސޭހަތައް މެދުވެރިވާއިރު، އިލެކްޓްރޯނިކްސްއިން ފެށިގެން ފަރުނީޗަރާ ހަމައަށް އެއްފަހަރާ މުދާ އުފުލުމުގެ ފުރުސަތު އޮންނަ ކަމަށް އެމްއެސްއެސް އިން ބުނެއެވެ.

ދިވެހި ވިޔަފާރިވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް މިހާރު ވެފައިވާ ކަމަކީ އޮންލައިނު ވިޔަފާރި ޕްލެޓްފޯމުތަކުން ވައުދުވެފައިވާ ދެ ހަފްތާގެ މުއްދަތުގެ ތެރޭގައި މުދާ ފޯރުކޮށްނުދެވި، މުދާ ލިބޭ ގޮތް މާ ބޮޑަށް ލަސްވެގެން ދިއުމެވެ. މިކަން

މިހެން މެދުވެރިވަނީ އޯޑަރުތައް ގިނަކަމުން ވައިގެ މަގުން މުދާ އުފުލުމުގެ ހިދުމަތަށް ބާރުބޮޑުވާތީއެވެ.

މިހެން މިކަން އޮތްއިރު، ވިޔަފާރިތަކުން ފައިދާ ކުޑަނުވާނެހެން ކަސްޓަމަރުންގެ އުންމީދުތައް ފުއްދުމަށްޓަކައި އަގާއި މުދާ ފޯރުކޮށްދިނުމުގެ ބާރުމިނާ ދެމެދު ވަޒަންކުރަންޖެހެއެވެ. އަދި މުދާ ގެނައުމުގައި އަގު ހެޔޮ ހިދުމަތް އެމްއެސްއެސް މެދުވެރިކޮށް ހޯދުމާމެދު ވިސްނާލަން ޖެހެއެވެ.

ބޯޑަރު ހުރަސްކޮށް ގެނެވޭ މުދާ އުފުލުމުގައި އެމްއެސްއެސްގެ ދައުރު:

އެމްއެސްއެސް މެދުވެރިކޮށް ބޯޑަރު ހުރަސްކޮށް ފޮނުވާ މުދާތައް ފޮނުވަނީ ފްރެއިޓް ފޯވާޑިންގެ ހިދުމަތް މެދުވެރިކޮށެވެ. މިގޮތަށް މުދާ ފޮނުވުމުން އުނދަގޫ ލިޔެކިޔުންތަކާއި، ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަމް ބެލެހެއްޓުމަށް އެހީވެދެއެވެ.

އެގޮތުން މުދާތައް ކޮލޮމްބޯއަށް ވައިގެ މަގުން ގެނެސް، އެތަނުން މާލެއަށް ކަނޑުމަގުން ގެނެއެވެ. މިގޮތަށް މުދާ ގެނައުމުން މުދާ ލިބޭނެ ވަގުތު ލަފާކުރުމަށް ފަސޭހަވެ، ހަރުދަނާ އަގުތަކެއްގައި މުދާ ގެނެވެއެވެ.

އެމްއެސްއެސްއިން މުދާ ގެންނަނަމަ އެކި ވިޔަފާރިވެރިންނާއި ޝިޕަރުންގެ މުދާ އެއް ކޮންޓެއިނަރަކަށް އަޅައި އެއްކޮށްލެވެއެވެ. މިކަމުގެ ސަބަބުން ޖާގަ އިތުރަށް ބޭނުންކުރެވި، އަގުވެސް ކުޑަކުރެވެއެވެ.

އެމްއެސްއެސް މެދުވެރިކޮށް މުދާ ގެންނަން ޖެހޭ ސަބަބުތައް ވަރަށްވެސް ގިނަ އެވެ. މި ކުންފުންޏާއި ކެރިއަރުންނާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުގައި ހެޔޮ އަގުދީފައި އަވަސް ކްލިއަރެންސް ހޯދުމަށް މަގުފަހިވެއެެވެ. ވީމާަ މިއީ މި ހިދުމަތް ހޯދަން ޖެހޭ އެންމެ މައިގަނޑު ސަބަބު ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު