އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ތިލަފުށީގައި މާލޭ ވިޔަފާރި ބަނދަރުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މުޅި ޕޯޓު އޮޕަރޭޝަނުގެ ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ކުރިއަށްދާނީ ތިލަފުށީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު މިރޭ ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން މިހާރު ޕޯޓު ހުރި ސަރަހައްދުން އެއްވެސް ޚިދުމަތެއް ދެން ނުދޭނެ ކަމަށެވެ. ނަމަވެސް، މާލެއިން ދޭންޖެހޭ ބައެއް ޚިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖާއި ޓީޖެޓީ ސަރަހައްދު މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖު ބޭނުންކުރަން ނުފެށުނު ކަމުގައިވިޔަސް، ޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އެގޮތުން ކޮންޓެއިނަރު އޮޕަރޭޝަންތަކާއެކު "ރޯރޯ" (ރޯލް އޮން-ރޯލް އޮފް) ފެރީގެ ޚިދުމަތް ބޭނުންކޮށްގެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތް ހަދަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖާއި ތިލަފުށިން އަމިއްލަ ވިޔަފާރިތަކަށް ޖާގަ ދޫކޮށް، އަމިއްލަ ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަލަށް ޤާއިމުކުރެވޭ ވިޔަފާރި ބަނދަރުގެ މުޅި އޮޕަރޭޝަންގެ ބެކްބޯން ކުރިއަށްދާނީ ޒަމާނީ ޑިޖިޓަލައިޒޭޝަނާއި އޮޓޮމޭޝަން ބޭނުންކޮށްގެން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި ނިޒާމުގެ ސަބަބުން މަސައްކަތުގެ ހިންގުން އަވަސްވެ، މުދާ ނެރުމަށް ހިނގާ ވަގުތު ވަރަށް ބޮޑަށް ސަލާމަތްކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު އޮޕަރޭޝަންތައް އަވަސްވުމަކީ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ވަސީލަތްތަކާއި ޚިދުމަތުގެ ގޮތުން ފުރިހަމަ "ސްޓޭޓް އޮފް ދަ އާޓް" މޮޑަން ޕޯޓެއް ޤާއިމުކުރެވުމުން، މުދަލާއި ތަކެތީގެ އަގު ކުޑަވެގެންދާނެ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮޑެތި ފަސޭހަތަކެއް ލިބި، ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް އެތައް ގުނައަކުން ފުޅާވެގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު