މޯލްޑިވްސް ސްޓޭޓު ޝިޕިން (އެމްއެސްއެސް) އަކީ އެންމެ އިތުބާތުހިފޭ ހިދުމަތްތައް ފޯރުކޮށްދޭ، ރާއްޖެއާއި ބައިނަލްއަޤްވާމީ ގައުމުތައް ގުޅުވާލަދޭ ޝިޕިން ލައިނެވެ.
އެމްއެސްއެސްގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގްވާމީ އަދި އެތެރޭގެ ވިޔަފާރިތައްވެސް ފަސޭހަކޮށް، ރައްޔިތުންނާއި ވިޔަފާރިތަކަށް ފައިދާވާގޮތަށް ރާއްޖޭގެ އިގްތިސާދު ބައްޓަން ކުރުމެވެ. މިއީ ރާއްޖެއާއި ބައިނަލްއަޤްވާމީ ވިޔަފާރި އާއި ގުޅުވައިދީ، އިތުބާރު ހުރި ޝިޕިންގ އަދި ލޮޖިސްޓިކްސް ޚިދުމަތްތަކެއް ދިވެހި ރައްޔިތުންނަށާއި ދިވެހި ވިޔަފާރިވެރިންނަށް ފޯރުކޮށްދެމުންދާ ނަމޫނާ ބައިވެރިއެކެވެ.
އެމްއެސްއެސްގެ މައިގަނޑު ކޮމާޝަލް އޮޕަރޭޝަންތަކުގެ ތެރޭގައި ހިމެނެނީ 5 ކަމެކެވެ. އެއީ އެންވީއޯސީސީ، ފީޑަރ ހިދުމަތް، ޝިޕިން އެޖެންސީ ހިދުމަތް، ޗާރޓަރިން، އަދި މީގެ އިތުރުން ފްރައިޓް ފޯވާޑިން އާއި ލޮޖިސްޓިކްސްގެ ހިދުމަތެވެ.
އެންވީއޯސީސީ
ނޮން ވެސަލް އޮޕަރޭޓިން ކޮމަން ކެރިއާ (އެންވީއޯސީސީ) އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ހިދުމަތަކަށްވީއިރު، މީގެ ސަބަބުން ޕަރޝިއަން ގަލްފް، އިންޑިއަން ސަބްކޮންޓިނެންޓް، ދެކުނު އިރުމަތީ އޭޝިއާ، އަދި އެންމެ ދުރު އިރުމަތީ ގައުމުތަކާއި، އުތުރުގެ ސަރަހައްދުތައް މާކެޓްތައް ގުޅުވައިދެއެވެ. މި ފުޅާ ވިއުގައިގެ ސަބަބުން މި ސަރަހައްދުތަކުގައި މުދާ ބަދަލުކޮށް، އެއްކުރުމަށް ފަސޭހަވެގެން ދެއެވެ. މި ފުޅާ ވިއުގައިން މާލެއާ ގުޅުވައިދޭ ގިނަ ދަތުރުތަކާއި، އަވަސް ހިދުމަތްތަކުގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި މުދާ އުފުލުމުގެ ފުރުޞަތު ލިބިދެއެވެ.
ފީޑަރ ހިދުމަތް
އެމްއެސްއެސްއަކީ ރާއްޖެއަށް މުދާ އެތެރެކުރުމުގެ ފީޑަރ މާކެޓްގައި އެންމެ ބޮޑު ހިއްސާއެއް އޮތް ފަރާތެވެ. އެތެރެކުރެވޭ މުދަލުގެ 60-65% ބަލަހައްޓަނީ އެމްއެސްއެސްއިންނެވެ. އޭގެ ތެރެއިން 80% ޓްރާންސިޓްކުރަނީ ކޮލަމްބޯ މެދުވެރިކޮށެވެ.
މާލެއާއި ކޮލަމްބޯއާ ދެމެދު އެމްއެސްއެސްގެ ދެ އުޅަނދު ދުއްވާއިރު، އިތުބާރުހުރި އަދި ގަވާއިދުން ދެވޭ ޚިދުމަތްތަކާ ގުޅިގެން މާސްކް އަދި ހަޕާގް-ލޮއިޑް ފަދަ ބޮޑެތި އެމްއެލްއޯތަކުގެ އިތުބާރު މި ކުންފުންޏަށް ވަނީ ލިބިފައެވެ.
ޝިޕިން އެޖެންސީ
އެމްއެސްއެސްއިން ހަރުދަނާ އަދި އަގުހެޔޮ ޝިޕިންގ އޭޖެންސީ ޙައްލުތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި އުޅަނދު ބެލެހެއްޓުމާއި، ބަންކަރިންގ އަދި ފަޅުވެރިން ބަދަލުކުރުން ހިމެނެއެވެ. އަދި ހަމަ އެހެންމެ ޝިޕިންގއާ ގުޅޭ ހުރިހާ ބޭނުންތަކަށް މަތީ ފެންވަރުގެ ޚިދުމަތެއް އެމްއެސްއެސްއިން ކަށަވަރުކޮށްދެއެވެ.
ޗާޓަރިންގ
ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ކޮންމެ ބާވަތެއްގެ މުދަލެއް އުފުލުމަށް ޗާޓަރިންގ ހިދުމަތްތައް އެމްއެސްއެސްއިން ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ކަސްޓަމަރުގެ ބޭނުމަށް ބިނާކޮށް ކޮންމެ ބާވަތެއްގެ އުޅަނދެއް (ކޮންޓެއިނަރ، ބަލްކް، ޓޭންކަރ) އަދި ކޮންމެ ބާވަތެއްގެ މުދަލެއް (ކޮންޓެއިނަރައިޒްކުރެވިފައިވާ، ޕްރޮޖެކްޓް ކާގޯ، ލޫސް) ޗާރޓަރ ކުރުން ހިމެނެއެވެ.
ފްރައިޓް ފޯވާޑިން އަދި ލޮޖިސްޓިކްސް
ފްރެއިޓި ފޯވާޑިންއަކީ އެހެން ވިޔަފާރިއެއްގެ ހިދުމަތް ބޭނުންކޮށްގެން ސަޕްލައި ޗެއިންގެ ތެރެއިން އިމްޕޯޓް އަދި އެކްސްޕޯޓް މުދާ އުފުލުމުގެ ޕްރޮސެސްއެވެ. މި ހިދުމަތަށް އެމްއެސްއެސްއިން ބޭނުންކުރަނީ އެކި ކެރިއަރުތަކާއެކު ވެފައިވާ ވޮލިއުމް ކޮމިޓްމަންޓްތަކާއި އެއްބަސްވުންތަކެވެ. މި ހިދުމަތުގެ ސަބަބުން ގަވާއިދުން ދަތުރުތައް ކުރުން ކަށަވަރުކުރެވި ގިނަ ޑިޕާޜޗާރ އަދި އެރައިވަލް އޮޕްޝަންތައް ފޯރުކޮށްދެވެއެވެ. ދުނިޔޭގެ ނަން މަޝްހޫރު ކެރިއަރުންނާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ކަސްޓަމަރުންނަށް ފެންވަރުހުރި ހިދުމަތްތައް ލިބި، ފައިދާވެގެން ދެއެވެ. އަދި މިކަމުގެ ސަބަބުން އިތުބާރުހުރި އަދި ހަރުދަނާ ބައިނަލްއަޤްވާމީ ދަތުރުފަތުރު ކަށަވަރުކޮށްދެވެއެވެ.
މިއީ އިތުބާރު ހުރި ގައުމީ ޝިޕިން ލައިނެއް ނެތުމުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ބޭނުމުގައި 2020 ވަނަ އަހަރު އުފެދިންގެ އައިސްފައިވާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު