ބަނގުރަލާއެކު ހައްޔަރުކުރި 3 މީހުން
ބަނގުރަލާއެކު ހައްޔަރުކުރި 3 މީހުން
ބަނގުރަލާއެކު ހައްޔަރުކުރި ލަންކާ ތިން މީހުން، ޑީޕޯޓްކޮށްލުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި ހެންވޭރު ސަރަހައްދުގެ ގެއަކާއި ސައިކަލެއް ބަލައި ފާސް ކޮށް 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ވަނީ އަތުލާފައެވެ. މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ސެނިތް ހެޝަން ވިކްރަމަސިންހަ، ދުލިތު މަޑުސާކާ އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން އެވެ. ފުލުހުން ބުނީ މި ތިން ފަރާތް ވަނީ ޑީޕޯޓުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.

ހަމައެއާއެކު މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު