އަބްދުލް ބާތިން މުހައްމަދު މުސްތަފާ
އަބްދުލް ބާތިން މުހައްމަދު މުސްތަފާ
މެލޭޝިއާ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މެލޭޝިއާ ފުލުހުން ހައްޔަރުކުރީ އަބްދުލް ބާތިން މުހައްމަދު މުސްތަފާ ކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ، މެލޭޝިއާ ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެންނެވެ.

ހަމައެއާއެކު ފުލުހުން ބުނީ ބާތިންގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުން ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަމަވެސް މެލޭޝިއާ ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަލައިގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު